Post banner
ރާއްޖެ

ކަނޑުވި ކުދިން ސަލާމަތްކޮށްގެން މާލެ ގެނެސްފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ކަނޑުވި ކުދިން ސަލާމަތްކޮށްގެން މާލެ ގެނެސްފި

ފަޅައިގެން ދިޔަ ލޯންޗާއި ކުދިން ފެންނަ ދައުރުވަމުންދާ ވީޑިއޯގެ ސްކްރީން ޝޮޓް --

ނޭޝަނަލް ސާވިސް އިނީޝަލް ޓްރެއިނިން ކޯސް-2 ގެ ކުދިން ގޮވައިގެން މާފިލާފުށިން މާލެ އަށް ދަތުރުކުރި ލޯންޗެއް ފަޅައިގެން ގޮސް ކަނޑުވި ކުދިން ސަލާމަތްކޮށްގެން މާލެ ގެނެސްފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، ނޭޝަނަލް ސަރވިސް އިނީޝަލް ޓްރެއިނިންގ ކޯސް-2 ގެ ދަރިވަރުން ގޮވައިގެން މާފިލާފުށިން މާލެއަށް ދަތުރުކުރި އެއް ލޯންޗް، ހުޅުމާލެއާ ހިސާބުން ފަޅައިގެންގޮސް ދިޔަވެ އަޑިއަށް ދާތީ، އެލޯންޗުގައި ތިބި ކުދިން ކަނޑަށް ބޭލި ކަމަށެވެ. މިހާދިސާ ހިނގީ މިއަދު އިރުއޮއްސެން ގާތްވެފައި ވަނިކޮށެވެ.

އެމްއެންޑީއެފުން ވިދާޅުވީ، ފަޅައިގެންގޮސް ދިޔަވި ލޯންޗުން ދަތުރުކުރި ހުރިހާ ދަރިވަރުން މިހާރު ވަނީ ސަލާމަތްތެރި ކަމާއެކު މާލެ ގެނެވިފައި ކަމަށެވެ.

ލޯންޗު ފަޅައިގެންދާން މެދުވެރިވި ސަބަބެއް މިހާތަނަށް އެނގިފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް