Post banner
ރާއްޖެ

ރާއްޖެއިން މުޅިން ނައްތާލެވިފައިވާ ބަލާފައިވާ ހިމަބިހި ބަލި ދެމީހަކަށް ޖެހިއްޖެ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ރާއްޖެއިން މުޅިން ނައްތާލެވިފައިވާ ބަލާފައިވާ ހިމަބިހި ބަލި ދެމީހަކަށް ޖެހިއްޖެ

ރާއްޖެއިން މުޅިން ނައްތާލެވިފައިވާކަމަށް ޑަބްލިޔުއެޗްއޯއިން ކަނޑައަޅާފައިވާ، ބަލި ހިމަބިހި ރާއްޖެއިން ދެމީހަކަށް ޖެހިއްޖެއެވެ.

މިނިސްޓްރީ އޮފް ހެލްތުން ވިދާޅުވީ، މިހަފްތާ ތެރޭގައި މާލެ ސަރަހައްދުން ދެ މީހަކު ހިމަ ބިއްސަށް ޕޮޒިޓިވްވެފައި ވާކަމަށެވެ.

ހެލްތު މިނިސްޓްރީން ވިދާޅުވީ، ދެ މީހަކު ޕޮޒިޓިވްވުމާއި އެކު އެމީހުންނަށް ބަލި ޖެހުނުގޮތް ބެލުމަށް ކޮންޓެކްޓްޓްރޭސިންގ ހަދަމުން އަންނަ ކަމަށެވެ. އަދި ބަލިޖެހިފައިވާ މީހުންގެ ފުށުން ބަލިފެތުރިދާނެ ކަމަށް ބެލެވޭ އެމީހުންނާއި އެއްތާވީ މީހުންނަށް ވެކްސިން ދިނުމުގެ މަސައްކަތް ފަށާފައިވާ ކަމުގައިވެސް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ.

ހެލްތު މިނިސްޓްރީން ވިދާޅުވީ، ރާއްޖެއިން މުޅިން ނައްތާލެވިފައިވާ ކަމަށް 2017 ވަނަ އަހަރު ޑަބްލިޔުއެޗްއޯއިން ކަނޑައެޅި، ހިމަބިހި ބައްޔަށް މިއަހަރުގެ މިހާތަނަށް 5 މީހުން ޕޮޒިޓިވްވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ރާއްޖެއިން ބޭރަށް ގޮސްފައި ރާއްޖެއައި ފަހުން ބަލީގެ އަލާމާތްތައް ފެނުނު ދެމީހަކުވެސް ހިމެނެއެވެ.

ރާއްޖެއިން ހިމަބިހި (Measles) ނައްތާލެވިފައިވާކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމްއިއްޔާ (WHO) އިން ކަނޑައެޅީ 13 ޖޫން 2017ގައެވެ. އެކަމުގެ ސެޓްފިކެޓް ރާއްޖެއަށް ދީފައި ވަނީ، 07 ސެޕްޓެމްބަރު 2017 ގައެވެ.

ހިމަބިހިން ސަލާމަތްވުމުގެ ވެކްސިން ރާއްޖޭގައި ދޭން ފެށީ 1981 ގައެވެ. އަދި 2017 ވަނަ އަހަރާއި ހަމައަށް ދިގު މުއްދަތެއްގައި ރާއްޖެއިން އެއްވެސް މީހަކަށް އެބަލި ޖެހިފައެއް ނުވެއެވެ.

މިފަހުން ރާއްޖޭގައި ހިމަބިހި ޖެހުނު މީހުންގެ ތެރޭގައި، ހަރުކަށި ދީނީ ވިސްނުމުގެ ތެރެއިން ކުދިންނަށް ވެކްސިން ޖެހުމާއި ދެކޮޅު ހަދައި ވެކްސިން ނުދީ ތިބުމުގެ ސަބަބުން ބަލިޖެހުނު ކުދިންވެސް ހިމެނޭކަން އެނގިފައިވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް