Post banner
ވިކުރާ

ބޭންކް އޮފް މޯލްޑިވްސް އިން ސްވައިޕް ރެޖިސްޓްރޭޝަނަށް ހުޅުވާލައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ބޭންކް އޮފް މޯލްޑިވްސް އިން ސްވައިޕް ރެޖިސްޓްރޭޝަނަށް ހުޅުވާލައިފި

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޝަރީފް --- ފޮޓޯ: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް ސްވައިޕްގެ ލިމިޓެޑް ރިލީޒްއަށް ރެޖިސްޓްރޭޝަން ހުޅުވާލައިފިއެވެ.

އެބޭންކުން ހާމަކޮށްފައިވާ ގޮތުގައި، ހޮނިހޮރު ދުވަހު އެކުންފުނިން ހުޅުވާލި މި ޚިދުމަތަކީ، ރާއްޖެއާއި ރާއްޖޭން ބޭރަށް ފަސޭހަކަމާއެކު ފައިސާގެ މުއާމަލާތްތައް ކުރެވޭ، %100 ދިވެހި އުފެއްދުމެއް ތަޖުރިބާކޮށްލުމަށް ލިބޭ ފުރުސަތެކެވެ.

ލިމިޓެޑް ރިލީޒްގައި ސްވައިޕް ބޭނުންކުރުމުގެ ފުރުސަތު ލިބޭނީ swipe.mv މެދުވެރިކޮށް ރަޖިސްޓަރވާ ފުރަތަމަ 5،000 ކަސްޓަމަރުންނަށް ކަމުގައިވެސް ބީއެމްއެލްއިން ހާމަކޮށްފައި ވެއެވެ.

ބީއެމްއެލްއިން ހާމަކޮށްފައިވާ ގޮތުގައި، ސްވައިޕްގައި ރަޖިސްޓަރވުމަށްފަހު ކަސްޓަމަރުންނަށް ސްވައިޕްގެ ފީޗަރތައް ބޭނުންކުރެވޭނެއެވެ. އެގޮތުން ޕަރސަން-ޓު-ޕަރސަން ޓްރާންސްފަރތަކާއި ކިއުއާރް މެދުވެރިކޮށް ކުރެވޭ ފައިސާގެ މުއާމަލާތްތަކާއި ސްވައިޕް މެދުވެރިކޮށް ހޭދަކުރެވޭ ގޮތުގެ އިންސައިޓްސް ބަލައިލެވޭނެ ކަމަށާއި އަދި ޕޭމަންޓް ލިންކް ފޮނުވައި، ފަސޭހަކަމާއެކު ޓޮޕްއަޕްކޮށް،  ވޮލެޓްގައި ހުރި ފައިސާ ބީއެމްއެލް އެކައުންޓަށް އަނބުރާ ފޮނުވޭނެ ކަމުގައިވެސް ބީއެމްއެލްއިން ހާމަކުރައްވާފައި ވެއެވެ.

އެބޭންކުން ހާމަކުރައްވާފައިވާ ގޮތުގައި، ސްވައިޕް ފަރުމާކޮށްފައިވަނީ ރާއްޖޭގެ ރެގިއުލޭޓަރީ މިންގަނޑުތަކާއި އިންޓަރނޭޝަނަލް ޕޭމަންޓް ސްޓޭންޑާޑްތަކާ އެއްގޮތަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް