ރާއްޖެ

ގެއްލިގެން ހޯދަމުން ދިޔަ މީހާ ފެނުނީ އަލިފުށި ބޮއެ ކައިރިން : ފުލުހުން

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ގެއްލިގެން ހޯދަމުން ދިޔަ  މީހާ ފެނުނީ އަލިފުށި ބޮއެ ކައިރިން : ފުލުހުން

ރ. ވާދޫ، ވިންޑްސްޓަރ، މުޙައްމަދު އިޤްބާލް ---

އެކަނި ކުޑަ ޑިންގީއެއްގައި މަހަށް ނުކުމެ އުޅެނިކޮށް ގެއްލުނު މީހާ ފެނިފައިވާ ކަމަށާއި އޭނާ ފެނުނީ އަލިފުށީ ކައިރީގައި އޮންނަ ބޮއެ ކައިރިން ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވެއްޖެއެވެ.

ގެއްލިގެން ހޯދަމުން ދިޔައީ، ރ. ވާދޫ، ވިންޑްސްޓަރ، މުޙައްމަދު އިޤްބާލެވެ. ފުލުހުންގެ އިދާރާއިން ވިދާޅުވީ، އިޤްބާލް ފެނިފައިވަނީ މިއަދު ހެނދުނު 06:53 އެހައިކަންހާއިރު، އޭނާ ދަތުރުކުރި ޑިންގީގެ އިންޖީނު ހުއްޓިގެން ރ. އަލިފުށި ކައިރީގައި އޮންނަ އޮއެވާލި ކަނދުފަތީގެ ބޮއެ ކައިރިން އޮޔާދަނިކޮށް ކަމަށެވެ. ފުލުހުންގެ އިދާރާއިން ވިދާޅުވީ، އޭނާ ފެނުނީ، އޭނާ ހޯދުމަށް ކަނޑުމައްޗަށް ނުކުތް ވާދޫގެ އުޅަނދަަކަށް ކަމަށެވެ. ފެނުނު އިރު އޭނާގެ ޙާލުވެސް ރަނގަޅު ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.

އިޤުބާލު އެކަނި ކުޑަ ޑިންގީއެއްގައި ކަނޑުމައްޗަށް ނުކުތީ، އިއްޔެރޭ ފަތިހުގައެވެ. އޭނާ ގެއްލިފައި ވާކަން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ ރޭގެ އިރާކޮޅުގައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް