އެކަނި ކަނޑުމައްޗަށް ނުކުމެ އުޅުނު މީހަކު އޮޔާދަނިކޮށް ސަލާމަތްކޮށްފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ

ފުލުހުންގެ ލޯންޗެއް -- ފޮޓޯ: މެރިން ޕޮލިސް
އެކަނި ކަނޑުމައްޗަށް ނުކުމެ އުޅުނު މީހަކު، ދަތުރުކުރި ދޯނިއަޑިޔަށް ގޮސް އޭނާ އޮޔާދަނިކޮށް ފުލުހުން ސަލާމަތްކޮށްފިއެވެ.
ފުލުހުންގެ އިދާރާއިން ވިދާޅުވީ، ށ. ފުނަދޫއިން ފީވަކަށް ދަތުރުކުރަމުންދިޔަ ދޯންޏެއް ދިޔަވެ އަޑިޔަށް ދާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިއަދު 11:50 ހާއިރުގައި ކަމަށެވެ.
މި މައުލޫމާތު ލިބުމާއެކު ފުލުހުންގެ ލޯންޗު އެސަރަހައްދަށް ގޮސް ބަލަމުންދަނިކޮށް ދޯނިން ދަތުރުކުރި މީހާ ފީވަށް ކައިރި ކަނޑުތެރެއިން ފެނިފައިވާ ކަމަށާއި، އެ މީހާއަކީ 68 އަހަރުގެ ފިރިހެނެއް ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.
ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެމީހާ ސަލާމަތްކޮށް ފުލުހުންގެ ލޯންޗުގައި ފީވަކަށް މިހާރު ވަނީ ގެންގޮސްފައިވާ ކަމަށާއި އެމީހާގެ ހާލު ރަނގަޅު ކަމަށެވެ.
އެދޯނީގެ ބައެއް ތަކެތި އޮޔާ ދާތީ އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން ދަތުރުކުރެއްވުމަށް ފުލުހުންގެ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް