އީރާނުގެ ކުރީގެ ރައީސްވެސް ޝަހީދުކޮށްލައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
އީރާނުގެ ކުރީގެ ރައީސް، މަހްމޫދު އަހްމަދީނީޖާދު -- ފޮޓޯ: އޭއެފްޕީ
އީރާނަށް އެމެރިކާ އާއި އިޒްރޭލުން ދެމުން އަންނަ ވައިގެ ހަމަލާތަކުގައި އީރާނުގެ ކުރީގެ ރައީސް، މަހްމޫދު އަހްމަދީނީޖާދު ވެސް ޝަހީދުކޮށްލައިފިއެވެ،
ނީޖާދު ޝަހީދުވެއްޖެކަން އީރާންގެ ރަސްމީ ފަރާތްތަކުންވެސް ވަނީ ކަށަވަރުކޮށްދީފައެވެ.
އިސްރާއީލާއި އެމެރިކާއިން އީރާނާއި ދެކޮޅަށް އިއްޔެ ހަގުރާމަފެށި އިރު، އެންމެ ފުރަތަމަވެސް ހަމަލާތައް އަމާޒު ކުރީ އީރާންގެ ސަރުކާރުގެ އޮފީސްތަކާއި އީރާންގެ ލީޑަރުންގެ ގެކޮޅުތަކަށެވެ. ވައިގެ ހަމަލާތަކުގައި އީރާންގެ ރޫޙީ ލީޑަރު އާޔަތުﷲ ޢަލީ ޚާމަނާއީވެސް އިއްޔެ ވަނީ ޝަހީދުކޮށްލާފައެވެ.
އެމެރިކާ އާއި އިޒްރޭލުން އީރާނާއި ދެކޮޅަށް ހަނގުރާމަ ފެށުމާއި އެކު އީރާނުން ވަނީ ރައްދު ހަމަލާތައް ދޭން ފަށާފައެވެ. މިގޮތުން އިޒްރޭލުގެ ވެރިރަށް ތެލްއަވީވަށާއި ގަލްފުގެ ޤައުމުތަކުގައި ހުރި އެމެރިކާގެ ހުރިހާ އަސްކަރީ މަރުކަޒުތަކަށްވެސް އީރާނުން ވަނީ ހަމަލާތައް ދީފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް