Post banner
ރާއްޖެ

ޢަޒީޒާ މިސްކިތަށް ގެއްލުންދޭ މީހާ މުޖުތަމަޢުން އެކަހެރިކޮށްފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ޢަޒީޒާ މިސްކިތަށް ގެއްލުންދޭ މީހާ މުޖުތަމަޢުން އެކަހެރިކޮށްފި

ހުޅުމާލެ ފޭސް 1ގައި ހުންނަ މަސްޖިދުލް ޢަޒީޒާ މޫސާ --- ފޮޓޯ: ރައްޔިތުންގެ ނޫސް

ހުޅުމާލޭ ފޭސް 1 ގައި ހުންނަ މަސްޖިދުލްއަޒީޒާ މޫސާއަށް ދެވަނަ ފަހަރަށް ގެއްލުން ދިނުމާއި ގުޅިގެން، އެކަމުގައި ތުހުމަތު ކުރެވޭ މީހާ މުޖުތަމަޢު އެކަހެރިކޮށްފައިވާ ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެ މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތް، ފުލުހުންނާއި ކަމާގުޅުންހުރި މުއައްސަސާތަކާ ގުޅިގެން ކުރެވުނު މަސައްކަތުން މިހާރު ވަނީ މުޖުތަމައުން އެކަހެރިކުރެވިފައި ކަމަށެވެ. އަދި އެ ފަރާތަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން ދަނީ ކުރަމުންގައިވެސް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.

މިސްކިތަށް ގެއްލުންދިން އެމީހާއަކީ، ސިކުނޑި ހަމަނުޖެހޭ މީހެއްކަމުގައި މައުލޫމާތު ލިބިފައި ވެއެވެ. އޭނާ އެންމެ ފުރަތަމަ، ޢަޒީޒާ މިސްކިތަށް ގެއްލުންދީފައި ވަނީ، މިޖުލައި މަހުގެ 20 ވަނަ ދުވަހުގެ ރޭގައެވެ. އޭގެ ފަހުން ޖުލައިމަހުގެ 21 ވަނަ ދުވަހުގެ ރޭގައިވެސް އޭނާ ވަނީ އެ މިސްކިތަށް ގެއްލުން ދީފައެވެ.

ރާއްޖޭގައި މިސްކިތްތަކަށް ގެއްލުން ދިނުމުގެ މައްސަލަ ދޭތެރެ ދޭތެރެއިން ފެންމަތިވަމުން އަންނައިރު، އެފަދަ ކުށްތައް ހިނގަމުން އަންނަނީ، ބުއްދިހަމަނުޖެހޭ މީހުންގެ ފަރާތުންކަން ފާހަގަކުރެވިފައި ވެއެވެ. އަދި އެކަމާއި ގުޅިގެން އާއްމުންގެ ބައެއް ފަރާތްތަކުން އަންނަނީ، ފުލުހުންނަށާއި ކަމާއި ބެހޭ ފަރާތްތަކަށް ފާޑު ކިޔަމުންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް