އެމްޑީޕީ ރިފޯމް ކުރަން ރޯޑް މެޕެއް
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ރައީސް ނަޝީދު އެމްޑީޕީގެ ޗެއާޕަރސަންގެ މަޤާމަށް ވަޑައިގެންނެވުމަށްފަހު، އެޕާޓީ ރިފޯމް ކުރެއްވުމަށް ކުރައްވާ މަސައްކަޕުޅުގައި، ޕާޓީގެރިފޯމް “ރޯޑްމެޕް” އާގުޅޭގޮތުން ކުރީގެ ޗެއާ ޕަސަން ފައްޔާޒު އިސްމާޢީލާއި އެކު މަޝްވަރާކުރައްވައިފިއެވެ.
މި މަޝްވަރާ ބައްދަލުވުން އޮތީ މިއަދު މެންދުރު އެމްޑީޕީގެ އޮފީހުގައެވެ.
ރައީސް ނަޝީދު އެމްޑީޕީގެ ޗެއާޕަރސަން ކަމުގެ މަޤާމަށް ވާދަކުރައްވައި ކުރެއްވި ކެމްޕޭންގެ ތެރޭގައި އެޕާޓީ ރިފޯމް ކުރެއްވުމާއި، ރާއްޖޭގެ ވެރިކަމުގެ ނިޒާމަށް ބަދަލުތައް ގެންނެވުމަށް ހުށައެޅުންތަކެއް ހުށައަޅުއްވާފައި ވެއެވެ.
ރާއްޖޭގެ ވެެރިކަމުގެ ނިޒާމަށް ބަދަލުގެނައުމަށްޓަކައި އެމްޑީޕީގެ ތެރެއިން މަސައްކަތްކުރައްވައި ޕާޓީގެ މެމްބަރުންގެ ތާޢީދު ހޯއްދެވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަންވެސް ރައީސް ނަޝީދު ވަނީ ހާމަކުރައްވާފައެވެ. ރައީސް ނަޝީދު ހުށައަޅުއްވާފައި ވަނީ، ދައުލަތުގެ ވެރިޔަކަށް ފައްޔާޒު އަދި ސަރުކާރު ހިންގުމުގެ ވެރިއަކަށް ރައީސް ނަޝީދު ހުންނެވުމަށެވެ.
ރައީސް މުޙައްމަދު ނަޝީދު ބާއްވަވާ ނޫސްވެރިންގެ ބައްދަލުވުމެއް މާދަމާ މެންދުރު ފަހު 12:30ގައި އޮންނާނެ ކަމުގައިވެސް އެމްޑީޕީން މިއަދު ވަނީ އިޢުލާނުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް