Post banner
ރާއްޖެ

ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް، ހަތަރު މީހުންގެ ހާލު ސީރިއަސް

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް،  ހަތަރު މީހުންގެ ހާލު ސީރިއަސް

ރޭ ހައިވޭގައި ހިނގި އެކްސިޑެންޓް --- ފޮޓޯ: އައްސާން ފޭސްބުކް

ރޭ ދަންވަރު ހުޅުމާލެ އާއި މާލެ ގުޅުވައިދޭ ހައިވޭ މަތީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ގިނަ ބަޔަކަށް އަނިޔާވެއްޖެއެވެ.

މިއެކްސިޑެންޓް ހިނގާފައި ވަނީ ރޭ މެންދަމުން އަލިވެ އެކެއް ޖެހުމާއި ގާތްވެފައި ވަނިކޮށެވެ.

އެކްސިޑެންޓް ހިނގާފައި ވަނީ މާލެއިން ހުޅުމާލެއަށް ދަތުރުކުރަން އޮންނަ ލޭނުގައި، މަޑުކޮށްފައި އޮތް ކާރެއްގައި ފަހަތުން އައި އެހެން ކާރެއް ޖެހިގެންނެވެ. މިއެކްސިޑެންޓް ހިނގި ވަގުތު ހައިވޭއިން އެއްކޮޅަށް ދަތުރުކުރި 4 ސައިކަލެއްގައިވެސް އެކްސިޑެންޓްވި ކާރުން ޖެހުނެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވެފައި ވަނީ އެހާދިސާގައި، 4 މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ. އަނިޔާވި މީހުންނަކީ ސައިކަލުތަކުގައި ތިބި މީހުންކަމެއް ނުވަތަ ކާރުގައި ތިބި މީހުންކަމެއް ސާފެއް ނުވެއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެކްސިޑެންޓްގެ މައްސަލަ ތަޙްޤީޤު ކުރަމުންދާ ކަމަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް