Post banner
ވިކުރާ

ފެނަކައިން ޕޭލީވާއި ނޯޕޭލީވް ދިނުން ހުއްޓާލައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ފެނަކައިން ޕޭލީވާއި ނޯޕޭލީވް ދިނުން ހުއްޓާލައިފި

ފެނަކަ ކޯޕަރޭޝަންގެ އިސްވެރިން -- ފޮޓޯ: ފެނަކަ

ފެނަކަ ކޯޕަރޭޝަނުން އެކުންފުނީގެ މުވައްޒަފުންނަށް، މުސާރަ ލިބޭގޮތަށާއި، މުޒާރަ ނުލިބޭގޮތަށް ދެމުން އައި ޗުއްޓީ ދިނުން ބުރާސްފަތި ދުވަހުން ފެށިގެން ހުއްޓާލައިފިއެވެ.

ފެނަކަ ކޯޕަރޭޝަނުން އެކުންފުނީގެ މުވައްޒަފުންނަށް ފޮނުވާފައިވާ އިންޓަރނަލް މެމޯގައި ބުނެފައި ވަނީ، ޕޭލީވް އާއި ނޯޕޭލީވް ދިނުން ހުއްޓާލީ، މި ޖޫންމަހުގެ 4 ވަނަ ދުވަހުން ފެށިގެން ކަމަށެވެ. އެ މެމޯ މުވައްޒަފުންނަށް ފޮނުވާފައި ވަނީވެސް އެދުވަހުގައެވެ. އަދި އެނިންމުމަކީ، ކުންފުނި. ރައިޓް ސައިޒް ކުރުމުގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމުގައިވެސް ފެނަކަ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

ފެނަކަ ކުންފުނިން މުވައްޒަފުން މަދުކުރުމަށް އެކުންފުނިން ކުރަމުން އަންނަ މަސައްކަތްތަކުގައި، ވަޒީފާއިން ވަކިވާން ބޭނުންވާ މުވައްޒަފުންނަށް 4 މަސް ދުވަހުގެ މުސާރަ އާއި އެކުގައި ވަޒީފާއިން ވަކިވުމުގެ ފުރުޞަތުވެސް ވަނީ ހުޅުވާލާފައެވެ.

ފެނަކަ ކޯޕަރޭޝަންގައި 8000 ވުރެ ގިނަ މުވައްޒަފުން އެބަތިއްބެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް