ރާއްޖެ

ޑައިވިންގ ދޯންޏެއްގެ ބުރަފަތީގައި ޖެހި ފަތުރުވެރިއަކު މަރުވެއްޖެ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ޑައިވިންގ ދޯންޏެއްގެ ބުރަފަތީގައި ޖެހި ފަތުރުވެރިއަކު މަރުވެއްޖެ

ފުލުހުންގެ އިދާރާ ---

އދ. ފެންފުށީކައިރީގައި އޮންނަ މަންތާ ޕޮއިންޓް ސަރަހައްދުގައި، ދޯންޏެއްގެ ބުރަފަތީގައި ޖެހި ފަތުރުވެރިއަކު މަރުވެއްޖެއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެމައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިއަދު ހެނދުނު 9:59 ހާއިރުގައި ކަމަށެވެ. މިހާދިސާގައި މަރުވެފައިވަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަ ޖަރުމަނުގެ ފަތުރުވެރިއެކެވެ.

މީގެ ކުރިން ރާއްޖެއަށް އައި ސިންގަޕޫރުގެ ސްކޫލު ކުދިންތަކެއްގެ ތެރެއިން ކުއްޖަކުވެެސް ދޯންޏެއްގެ ބުރަފަތީގައި ޖެހިގެން މަރުވިއެވެ. އެހާދިސާ ހިނގި ދުވަސްވަރު ބުރަފަތީގައި ގާޑު އެޅުވުމުގެ ވާހަކަތައް ވަރަށް ބޮޑަށް ދެކެވުނެވެ.

އަދި ފެހުރިހި ބަލަން ޓޫރިސްޓުން ގޮވައިގެންދާ އުޅަނދުތަކުގެ ބުރަފަތީގައި ގާޑު އެޅުވުން އެންވަޔަރަމަންޓް މިނިސްޓްރީ އޮތީ ލާޒިމްވެސް ކޮށްފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް