ވިކުރާ

ސަރުކާރުގެ ޓެކްސީ ޚިދުމަތް ފަށަން ބޭނުންކުރާ ބައެއް ކާރުތައް ރާއްޖެ ގެނެސްފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ސަރުކާރުގެ ޓެކްސީ ޚިދުމަތް ފަށަން ބޭނުންކުރާ ބައެއް ކާރުތައް ރާއްޖެ ގެނެސްފި

ސަރުކާރުގެ ޓެކްސީލައިންގެ ޚިދުމަތް ދިނުމަށް ގެނެސްފައިވާ ކަާރެއް --- ފޮޓޯ: އެމްޓީސީސީ

ސަރުކާރުން މާލޭގައި ފެށުމަށް ތައްޔާރުވަމުން އަންނަ ޓެކްސީ ޚިދުމަތުގައި ބޭނުން ކުރާނެ ބައެއް ކާރުތައް މާލެ ގެނެސްފިއެވެ.

ޓްރާންސްޕޯޓު މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، ޓެކްސީ ޚިދުމަތް ދިނުމަށް ޖުމުލަ 150 ކާރު ބޭނުން ކުރުމަށް ނިންމާފައި ވާއިރު އޭގެ ތެރެއިން 60 ކާރު ވަނީ އިއްޔެ މާލެއަށް ގެނެސްފައެވެ. އަދި އަނެއް 90 ކާރު އަންނަ ހަފްތާ ތެރޭގައި ގެނެވޭނެ ކަމުގައިވެސް އެމިނިސްޓްރީން ވަނީ ހާމަކުރައްވާފައެވެ.

ސަރުކާރުން ގިނަ އަދަދެއްގެ ކާރު ގެނެސް މާލޭގައި ޓެކްސީގެ ޚިދުމަތް ފެށުމަށް ނިންމި ނިންމުމަށް ފާޑު ކިޔުންތައް އަމާޒުވެފައި ވާއިރު، އެކާރުތައް ގަނެފައި ވަނީ، މާކެޓްއަގަށް ވުރެވެސް މާބޮޑުކޮށް ކަން ފާހަގަކޮށް ބައެއް ފަރާތްތަކުން ވަނީ އެކަމުގެ ފާޑު ކިޔުންތައް އަމާޒުކޮށްފައެވެ.

ސަރުކާރުގެ ޓެކްސީ ލައިން ހިންގާނީ، އެމްޓީސީސީންނެވެ. އެކުންފުނިން ޚިދުމަތް ދިނުމަށް ބޭނުން ކުރާ މިކާރުތަކަކީ، އިލެކްޓްރިކް ވެހިކަލް (އީވީ) ކާރުތަކެކެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް