ހދ. ކުމުންދޫ ގެއެއްގައި އަލިފާން ރޯވެ އަނދަނީ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ކުމުންދޫ ގެއެއްގައި އަލިފާން ރޯވެފައި --- ފޮޓޯ: އައިމިނަތު އިބްރާހިމް - ރަށުރިޕޯޓަރ
ހދ. ކުމުންދޫ ގެއެއްގައި އަލިފާން ރޯވެ އަނދަމުން އެބަދެއެވެ.
އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ، ހދ. ކުމުންދޫ، ނޫރާނީ ގޭގައެވެ. އެގޭގައި އަލިފާނުގެ ހާދިސާ ހިނގީ މިރޭ އިރާކޮޅުގައެވެ.
އެގެއަކީ، ބަނގުލަދޭޝް މީހަކު ދިރިއުޅޭ ގެއެކެވެ. އެގޭގެ އަސްލުވެރިން ދިރިއުޅެނީ މާލޭގައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބުނު ކަމުގެ މައުލޫމާތެއް އަދި ނެތެވެ.

ގޭގައި ރޯވެ ގޭގެ ބައެއް ފާރުތައްވެސް ވެއްޓިފައި ވާއިރު، އެގޭގައި ރޯވި އަލިފާން ނިވާލުމަށް. ފުލުހުންނާއި އާއްމުން އަންނަނީ މަސައްކަތް ކުރަމުންނެވެ.
ޚަބަރު ލިޔުނީ: އައިމިނަތު އިބްރާހިމް - ރަށުރިޕޯޓަރ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް