Post banner
ރާއްޖެ

ޓެކުހަށް މަކަރުހަދާ ފަރާތްތަކާއި ޓެކްސް ނުދައްކާ ފަރާތްތަށް ޖަލަށް ލެވޭގޮތަށް ޤާނޫނަށް އިސްލާޙް ގެނައުމަށް ހުށައަޅާފައިވާ ބިލް ކޮމިޓީން ފާސްކޮށްފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ޓެކުހަށް މަކަރުހަދާ ފަރާތްތަކާއި ޓެކްސް ނުދައްކާ ފަރާތްތަށް ޖަލަށް ލެވޭގޮތަށް ޤާނޫނަށް އިސްލާޙް ގެނައުމަށް ހުށައަޅާފައިވާ ބިލް ކޮމިޓީން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ އިޤުތިޞާދީ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން --- ފޮޓޯ: މަޖިލިސް

ޓެކުހަށް މަކަރުހަދާ ފަރާތްތަކާއި ޓެކްސް ނުދައްކާ ފަރާތްތަށް ޖަލަށް ލެވޭގޮތަށް ޤާނޫނަށް އިސްލާޙް ގެނައުމަށް ހުށައަޅާފައިވާ، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް އިސްލާޙް ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހުގެ އިޤުތިޞާދީ ކޮމިޓީގެ ކުއްލި ބައްދަލުވުމެއް ބާއްވައި މިއަދު ކޮމިޓީން ފާސްކޮށްފިއެވެ.

މިބިލް އިޤުތިޞާދީ ކޮމިޓީޏް ފާސްކޮށްފައި ވަނީ، ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާޤުންނެވެ.

ބިލުގައި ގިނަ އިސްލާޙްތަކެއް ހިމަނާފައި ވާއިރު، ޓެކްސް ނުދެއްކުމާއި، ޓެކުހަށް މަކަރު ހެދުމާއި، ޓެކުހަށް މަކަރު ހެދުމުގައި އެހީތެރިވެދިނުމުގެ ކުށްތަކަށް، ޖަލު އަދަބު ވަނީ ކަނޑައަޅާފައެވެ.

މިގޮތުން، އެފަދަ ކުށްތަކަށް، 3 މަސްދުވަހާއި 2 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލެވޭ ގޮތަށް ވަނީ ހިމަނާފައެވެ. މީގެ އިތުރުންވެސް ޓެކުހާއި ގުޅޭ ކުށްތަކަށް ބޮޑެތި ޖޫރިމަނާތައްވެސް ބިލުގައި ވަނީ ހިމަނާފައެވެ.

އަދި ޓެކުހާއި ޤާނޫނުގައި ހިމަނާފައިވާ އެފަދަ ކުށެއް ކޮށްފައިވާ ނަމަ، އެފަރާތަކަށް ދައުވާކުރެވޭނީ އެކުށެއް ކޮށްފައިވާ ތާރީޚުން ފެށިގެން 8 އަހަރުގެ މުއްދަތެއްގެ ތެރޭގައި ކަމަށްވެސް ބިލުގައި ބަޔާންކޮށްފައި ވެެއެވެ.
ސަރުކާރުން އަންނަނީ ދައުލަތުގެ މާލީ ހާލަތު ދަށްވަމުން ދިޔުމާއި އެކު ޤާނޫނުތަކަށް އިސްލާޙް ގެނެސް ދައުލަތަށް އާމުދަނީ އިތުރު ކުރެވޭނެ މަގުތަކާއި، އަދި ޓެކްސް ނުދައްކާ ފަރާތްތަކުން އަތުން ޓެކްސް ހޯދުމަށް އެފަރާތްތަކަށް ފިޔަވަޅު އެޅޭނެ ގޮތްތައް އިތުރަށް ހަރުދަނާކޮށް ކޮމިޗަނަރ ޖެނެރަލް އޮފް ޓެކްސޭޝަން އަށް އިތުރު ބާރުތައް ދިނުމަށް މަސައްކަތް ކުރަމުންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް