މާލެ ސަރަހައްދުގައި ހިމަބިހި ފެތުރޭ މިންވަރު އިންތިހާއަށް އިތުރުވެއްޖެ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ރާއްޖެއިން މުޅިން ނައްތާލެވިފައިވާކަމަށް ޑަބްލިޔުއެޗްއޯއިން ކަނޑައަޅާފައިވާ، ބަލި ހިމަބިހި، މާލެ ސަރަހައްދުގައި ފެތުރެމުންދާ މިންވަރު އިންތިހާއަށް އިތުރުވެއްޖެއެވެ.
މިބަލި ފެތުރެމުންދާ މިންވަރާއި މެދު ސަރުކާރުން މާބޮޑު ސަމާލުކަމެއް ނުދޭ ކަމަށް ފާހަގަކުރެވިފައިވާ އިރު، ތަފާސް ހިސާބުތަކުން ފެންނަނީ ކަންބޮޑުވާންޖެހޭ ދަރަޖައަށް މާލެ ސަރަހައްދުގައި ބަލި ފެތުރިފައިވާ ކަމަށެވެ.
ވޭތުވެ ދިޔަ ހަފްތާގައި މާލެ ސަރަހައްދުން ޖުމުލަ 44 މީހުންނަށް ބަލި ޖެހިފައިވާއިރު، އޭގެ ކުރީ ހަފްތާގައި ބަލި ޖެހިފައި ވަނީ 2 މީހުންނަށެވެ. އެހަފްތާ ނިމުނު އިރު ފާއިތުވި 5 މަހާއި 14 ދުވަހުގެ ތެރޭގައި ރާއްޖެއިން އެބަލި ޖެހުނީ، 22 މީހުންނަށެވެ. އެހެން ނަމަވެސް ނިމުނު ހަފްތާގައި 44 މީހުންނަށް ބަލި ޖެހުނު އިރު، މިއަހަރުގެ މިހާތަނަށް ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 66އަށް އަރާފައެވެ.
މާލެ ސަރަހައްދުގައި ހަލުވިކޮށް ހިމަބިހި ފެތުރެމުންދާއިރު، މިހަފްތާގައި ވަނީ، ހިމަބިހިން ރައްކާތެރިވުމަށް ޖަހާ ވެކްސިންވެސް ޖަހަން ފަށާފައެވެ.
ހިމަބިހި ޖެހުނު މީހުންގެ އަދަދު ހުސްވިހަފްތާގައި ކުއްލިއަކަށް އިތުރުވެެގެން ދިޔަ ސަބަބެއް އެޗްޕީއޭއިން ހާމަކުރައްވާއެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް