classified
ރަށްރަށުން

މިޔަރުގެ ދިރާސާތަކަށް ޚާއްޞަ ތަނެއް ފުވައްމުލަކުގައި ހުޅުވައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

މިޔަރުގެ ދިރާސާތަކަށް ޚާއްޞަ ތަނެއް ފުވައްމުލަކުގައި ހުޅުވައިފި

މިޔަރު ހަބު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެެރެއިން، --- ފޮޓޯ: ރައްޔިތުންގެ ނޫސް

ދިވެހިރާއްޖޭގެ ފުރަތަމަ "ޝާކް ރިސާޗް އެންޑް ކޮންޒަވޭޝަން ހަބް" ފުވައްމުލަކުގައި ހުޅުވައިފިއެވެ.

އިއްޔެ ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މިތަން ހުޅުއްވައި ދެއްވީ، ފުވައްމުލަކު ސިޓީގެ މޭޔަރު އިސްމާއިލް ރަފީޤެވެ.
މި މަރުކަޒަކީ ދިރާސާކުރުމާއި، ތައުލީމު އުނގަންނައިދިނުމާއި، ގުޅިގެން މަސައްކަތްކުރުމުގެ އިތުރުން އައު އީޖާދުތަކަށް މަގުފަހިކޮށްދޭނެ ތަނެއް ކަމުގައި ފުވައްމުލައް ސިޓީ ކައުންސިލުން ހާމަކުރައްވާފައި ވެއެވެ. ދުނިޔޭގެ އެންމެ ފާހަގަކޮށްލެވޭ "ޝާކް ޑައިވިންގ" މަންޒިލެއްގެ ގޮތުގައި ފުވައްމުލަކުގެ ނަން ދެމެހެއްޓުމާއިއެކު ކަނޑުފަޅުތައް ރައްކާތެރިކުރުމަށް ކުރެވޭ މިފަދަ މަސައްކަތްތަކަށް ފުވައްމުލައް ސިޓީ ކައުންސިލުން އަބަދުވެސް މަރުޙަބާކިޔައި އެއްބާރުލުން ދޭނެ ކަމުގައި އެކައުންސިލުން ވަނީ ވިދާޅުވެފައެވެ.

މިއީ ދިވެހިރާއްޖެއާއި ރާއްޖޭގެ ވަށައިގެންވާ ކަނޑުގެ ސަރަހައްދުތަކުގައި އުޅޭ މިޔަރުގެ އާބާދީ ދިރާސާކޮށް، އެ ތަކެތީގެ މަޢުލޫމާތު އެއްކޮށް، ހިމާޔަތްކުރުމުގެ މަސައްކަތް ވަރުގަދަކުރުމަށްޓަކައި ސައިންސްވެރިންނާއި، ތިމާވެށި ރައްކާތެރިކުރާ ފަރާތްތަކާއި، އަދި ރަށްރަށުގެ މުޖުތަމައުތަކާއެކު މަސައްކަތްކުރާ ދިވެހި ޖަމިއްޔާއެއް ކަމަށްވާ "ދަ މިޔަރު ޕްރޮގްރާމް" އިން ހުޅުވި ހަބެކެވެ.

"ދަ މިޔަރު ޕްރޮގްރާމް"އަކީ، 2023 ވަނަ އަހަރު އުފައްދާފައިވާ، މަދަނީ ޖަމިއްޔާއެކެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް