Post banner
ރާއްޖެ

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އައު ފްރަންޓް އޮފީސް ހުޅުވައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އައު ފްރަންޓް އޮފީސް ހުޅުވައިފި

ކަރެކްޝަންސްގެ ފްރަންޓް އޮފީސް -- ފޮޓޯ: އެމްސީއެސް

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) ގެ އައު ފްރަންޓް އޮފީސް ހުޅުމާލޭގައި ހުޅުވައިފިއެވެ.

މިއޮފީސް ހުންނާނީ، ހުޅުމާލޭ ޖަލުގެ ހުޅަނގު ދެކުނު ކަންމަތީގައި، ރީތިގަސް މަގާއި ކަށިމާ ހިނގުން ގުޅޭ ކަންމަތީގައެވެ.

އައު ފްރަންޓް އޮފީސް ހުޅުވުމުގެ މައިގަނޑު މަޤްޞަދަކީ ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ލުއިފަސޭހަ ގޮތެއްގައި ފޯރުކޮށްދިނުން ކަމުގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ވިދާޅުވިއެވެ. އަދި އަދި އެމްސީއެސްގެ ހެޑްކުއަރޓަރސް ފަދައިން، ފްރަންޓް އޮފީހަކީވެސް ރިހެބިލިޓޭޝަންގެ ތެރެއިން ވަޒީފާ އަދާކުރާ ޤައިދީންނާއި އެމްސީއެސްގެ އޮފިސަރުންގެ ހީވާގި އަދި ބުރަ މަސައްކަތުން ބިނާކޮށްފައިވާ އޮފީހެއް ކަމުގައި އެ ސަރވިސް އިން ހާމަކުރައްވާފައި ވެއެވެ.

އެމްސީއެސްގެ ފްރަންޓް އޮފީހުން ކުށުގެ ރެކޯޑް ސާފުކުރުން، ފޯނު ކޯލްތަކަށް ޖަވާބު ދިނުން، މައި އީމެއިލް އަދި ކައުންޓަރަށް އަންނަ ސިޓީ ފަދަ ލިއުންތައް ބަލައިގަތުމާއި ކަމާބެހޭ ސެކްޝަން / ޑިވިޜަން އަދި ކޮމާންޑްތަކާ ޙަވާލުކުރުމާއި ރެކޯޑް ބެލެހެއްޓުން، އެކިއެކި ކަންކަމުގައި މިސަރވިސްއަށް އަންނަ ފަރާތްތަކަށް މަޢުލޫމާތު ފޯރުކޮށްދިނުން ފަދަ ޚިދުމަތްތައް ދޭނެެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް