classified
ރާއްޖެ

ސިނގިރޭޓުން ނަގާ ޑިއުޓީ ދެގުނަ ކުޑަކުރަން މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ސިނގިރޭޓުން ނަގާ ޑިއުޓީ ދެގުނަ ކުޑަކުރަން މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސް -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މިސަރުކާރުން، ސިނގިރޭޓަކުން ނަގާޑިއުޓީ 8 ރުފިޔާއަށް ބޮޑުކުރި ކުރުން އަނބުރާގެނެސް، ސިނގިރޭޓުން ނަގާ ޑިއުޓީ ދެގުނަ ކުޑަކުރަން ސަރުކާރު ހިންގާޕާޓީ ޕީއެންސީގެ ސުޕަރމެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓު ޤާނޫނަށް އިސްލާޙް ގެނެސް، ސިނގިރޭޓަކުން ނަގާ ޑިއުޓީ 8 ރުފިޔާއަށް ބޮޑު ކުރުމަށްފަހުގައި މިއަދު އަލުން ފާސްކޮށްފައި ވަނީ ސިނގިރެޓަކުން ނަގާ ޑިއުޓީ 4ރއަށް ކުޑަކުރުމަށެވެ. ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓު ޤާނޫނަށް އެއިސްލާޙް ހުށައެޅުއްވީ ސަރުކާރުގެ ފަރާތުން، ކޮމަންޑޫ ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިބިލް ފާސްކުރައްވާފައި ވަނީ، ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ 68 މެމްބަރުންގެ އިއްތިފާޤުންނެވެ.

ޤާނޫނަށް ގެނައި މިއިސްލާޙުގައި، ސިނގިރޭޓުގެ އިތުރުން ބިޑިއާއި ހީޓަޑް ޓޮބޭކޯ އުފެއްދުންތައް ނުވަތަ ރޯކުރުމަކާނުލައި ހޫނުކޮށްގެން ބޭނުންކުރެވޭގޮތަށް އުފައްދާފައި ހުންނަ ދުންފަތުގެ އުފެއްދުންތަކުން ނަގާ ޑިއުޓީވެސް 4ރއަށް ވަނީ ކުޑަކޮށްފައެވެ.

މީގެ އިތުރުން ޤާނޫނަށް ގެނައި މިއިސްލާޙްގައި، ދުންފަތުން މީހުން ދުރުކުރުމަށް ޙާއްސަކޮށް އުފައްދާފައިވާ އެހެން ބާވަތްތަކުގެ ޑިއުޓީ މަޢާފްކުރުމަށްވެސް ވަނީ ހިމަނާފައެވެ. އޭގެ ތެރޭގައި ނިކޮޓިންގ ޗުއިންގަމާއި ނިކޮޓިން ޕެޗްފަދަ ބާވަތްތައް ހިމެނެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް