ފޭސް 2 ގެ މޫދުން ގައުތައް ނަގަނީ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ

އެޗްޑީސީފެ މުވައްޒަފުން ހުޅުމާލެ ފޭސް 2 ގެ ފަޅުތެރެއިން ގައުތައް ނަގަނީ --- ފޮޓޯ: އެޗްޑީސީ
ހުޅުމާލެ ފޭސް 2ގައި އާއްމުން މޫދަށް އެރޭ ސަރަހައްދުން، ގައުތައް ނަގައި ސާފުކުރުމުގެ މަސައްކަތް އެޗްޑީސީން ފަށައިފިއެވެ.
އެޗްޑީސީން ބުނީ، ހުޅުމާލޭ ފޭސް 2 ގައި މޫދަށް އެރި އުޅޭ ފަރާތްތަކަށް ފަސޭހަވާނެހެން އެ ސަރަހައްދުގެ މޫދުގައި ހުރި ބޮޑެތި ގައު ނަގާ، ސާފުކުރުމުގެ މަސައްކަތް މިހާރު އެކުންފުނީގެ މުވައްޒަފުން ކުރަމުންދާ ކަމަށެވެ.
ހުޅުމާލެ ފޭސް 2 ގެ މޫދުގައިވެސް މަރުވެފައިވާ ގައުތައް ގިނަ ކަމުން މޫދަށް އެރޭ މީހުން އެކަމުގެ ޝަކުވާތައް ކުރެއެވެ. އަދި އެފަދަ ގައުތަކުގެ ސަބަބުން ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނަށްވެސް ނުރައްކާވެއެވެ.
ހުޅުމާލެ ފޭސް 1 ހިއްކުމުގެ ސަބަބުން ހުޅުލޭ ފަޅުގެ އިރުމަތީ ދުނީގައި ހުރި މުރަކައާއި ގާތައް ވަނީ މަރުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް