އެކްސިޑެންޓް ވުމުން ސީން ދޫކޮށް ފިލައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ހުޅުމާލެ ނިރޮޅުމަގުގައި މިއަދު ހިނގި އެކްސިޑެންޓް --- ފޮޓޯ: ރައްޔިތުންގެ ނޫސް
ހުޅުމާލެ ފޭސް 1 ގެ ނިރޮޅުމަގުގައި މިއަދު ހިނގި ދެސައިކަލް ޖެހި އެކްސިޑެންޓްވުމުން އެއްސައިކަލުގައި ތިބި މީހުން ސީން ދޫކޮށް ފިލައިފިއެވެ.
މިއެކްސިޑެންޓް ހިނގީ ހުޅުމާލެ ފޭސް 1ގެ ނިރޮޅުމަގު ފިހާރަ ބަރި ކައިރީގައި ހެނދުނު 11:45 ހާއިރުގައެވެ.
އެކްސިޑެން ހިނގީ ދެސައިކަލު ޖެހިގެންނެވެ. މިއެކްސިޑެން ހިނގީ ވަރަށް ބާރަށް ދުއްވާފައި އެހެން ސައިކަލެއް ކުރިމަތިން ދަތުރުކުރި ސައިކަލެއްގައި ޖެހިގެންނެވެ.
މަންޒަރު ދުށްމީހުން ބުނީ، އެއްސައިކަލު ވެއްޓުމާއި އެކު އަނެއް ސައިކަލުގައި ތިބި މީހުން ވެއްޓުނު ސައިކަލުގައި ތިބި މީހުންނާއި ދިމާއަށް ހަޑި އެއްޗެހި ގޮވައި ހަޅޭލެވުމަށްފަހު ވަގުތުން ސީން ދޫކޮށް ދިޔައީ ކަމަށެވެ. ފިލައިގެން ދިޔަ ސައިކަލުގައި ތިބީ ދިވެހި ދެޒުވާނުން ކަމުގައިވެސް މަންޒަރު ދުށް މީހުން ބުންޏެވެ. ވެއްޓުނު ސައިކަލުގެ ރޭޑިއޭޓަރ ފަޅައިގެން ގޮސް ގެއްލުންތައް ލިބުނު ނަމަވެސް އެސައިކަލުގައި ތިބި މީހުންނަށް ޖިސްމާނީ މާބޮޑު އަނިޔާއެއް ނުލިބި ސަލާމަތް ވިއެވެ.
އެކްސިޑެންޓެއް ވުމުން ފުލުހުންނަށް ރިޕޯޓް ނުކުރުމާއި، އަދި ސީނުން ފިލައިގެން ދިޔުމަކީ، ޤާނޫނުގައި އަދަބު ކަނޑައަޅާފައިވާ ކުށެވެ.
ފުލުހުން ގެންދަނީ މި އެކްސިޑެންޓްގެ މައްސަލަ ތަޙްޤީޤު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް