ޚިޔާނާތުގެ ތުހުމަތާއި ގުޅިގެން ނަމާލު ރާޖަޕަކްސަ ހައްޔަރުކޮށްފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ސްރީލަންކާގެ މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި، ނަމާލު ހައްޔަރުކޮށް މިހާރު ވަނީ، ރިމާންޑް ޖަލަކަށް ބަދަލުކޮށްފައެވެ.
ސްރީ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ދަރިކަލުން އަދި ސްރީލަންކާގެ ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރު، ނަމާލު ރާޖަ ޕަކްސަގެ މައްޗަށް ތުހުމަތު ކުރެވޭ، ރިޝްވަތާއި ޚިޔާނާތުގެ މައްސަލައަކާއި ގުޅިގެން އޭނާ ހައްޔަރުކޮށްފިއެވެ.
ސްރީލަންކާގެ މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި، ނަމާލު ހައްޔަރުކޮށް މިހާރު ވަނީ، ރިމާންޑް ޖަލަކަށް ބަދަލުކޮށްފައެވެ. އަދި މިމަހުގެ 18 ވަނަ ދުވަހާއި ހަމައަށް އޭނާ ރިމާންޑް ޖަލުގައި ހައްޔަރުކޮށްފައި ބަހައްޓާނެ ކަމުގައިވެސް ސްރީލަންކާގެ މީޑިއާތަކުގައި ރިޕޯޓްކޮށްފައި ވެއެވެ.
ނަމާލުގެ މައްޗަށް ތުހުމަތު ކުރެވިފައިވަނީ، ސްރީލަންކާގެ ޤައުމީ އެއާލައިން ސްރީލަންކަންއަށް އެއާބަސް 10 މަތިންދާ ބޯޓުގަތުގައި، 8 ލައްކަ ޑޮލަރުގެ ރިޝްވަތެއް އޭނާ ނަންގަވާފައިވާ ކަމަށެވެ. ނަމާލު ހައްޔަރުކޮށްފައި ވަނީ، ކޮމިޝަން ޓު އިންވެސްޓިގޭޓް އެލިގޭޝަންސް އޮފް ބްރައިބަރީ އޯ ކޮރަޕްޝަން (ސީއައިއޭބީއޯސީ) ކުރިޔަށް ގެންދާ ތަޙްޤީޤުގެ ބޭނުމަށެވެ. ކަފާލާތުގެ ދަށުން ނަމާލު ދޫކޮށްދިނުމަށް އެދުނު ނަމަވެސް ކޯޓުން ވަނީ، ނަމާލުގެ ވަކީލުން ހުށައެޅި ގޮތަށް ކަފާލާތުގެ ދަށުން އޭނާ ދޫކުރެވެން ނެތްކަމަށް ނިންމާފައެވެ.
އެއާބަސްގެ މުއާމަލާތުގައި، ނަމާލުގެ ބައްޕަ އަދި ކުރީގެ ރައީސް މަހިންދަ ރާޖަ ޕަކްސާވެސް ރިޝްވަތު ނެންގެވިކަމަށް، ސްރީލަންކަން އެއާލައިންސްގެ ކުރީގެ ޗީފް އެކްޒެކެޓިވް ކަޕިލާ ޗަންދުރަސޭނާވެސް ވަނީ ތަޙްޤީޤަށް ބަޔާން ދީފައެވެ. އެހެން ނަމަވެސް ފަހުން އޭނާ ފެނިފައި ވަނީ، އޭނާގެ ގޭގައި މަރުވެފައި އޮއްވައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް