Post banner
ދުނިޔެ

މަޤުބޫލުވަމުން އަންނަ ކުނަފާ ޗޮކްލެޓުގެ މާކެޓަށް އަސަރުކުރާނެ އިންޒާރެއް އިނގިރޭސި ވިލާތުގައި ނެރެފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

މަޤުބޫލުވަމުން އަންނަ ކުނަފާ ޗޮކްލެޓުގެ މާކެޓަށް އަސަރުކުރާނެ އިންޒާރެއް އިނގިރޭސި ވިލާތުގައި ނެރެފި

ދުބާއީ ކުނާފާ ޗޮކްލެޓް ---

މުޅި ދުނިޔެއަށް މަޝްހޫރުވަމުން އަންނަ ކުނަފާ ޗޮކްލެޓްގެ މާކެޓަށް އަސަރުކުވާފަދަ އިންޒާރެއް އިނގިރޭސި ވިލާތުގައި ނެރެފިއެވެ.

އިނގިރޭސިވިލާތުގެ ފުޑް ސްޓޭންޑަޑްސް އެޖެންސީ (އެފްއެސްއޭ) އިން ނެރުނު ބަޔާނެއްގައި ވަނީ، މިހާރު، އިނގިރޭސި ވިލާތުގެ މާކެޓްތަކުގައި ވިއްކަމުން އަންނަ، ކުނަފާ ސްޓައިލްގެ ބައެއް ޗޮކްލެޓަކީ، އެކި ބާވަތްތަކުގެ އެލާޖީތައް ހުންނަ މީހުންނަށް ރަނގަޅު އެއްޗެއް ނޫންކަމުގައި ބުނެފައެވެ. އެފަދަ ޗޮކްލެޓަކީ، ޕިސްޓާޗިއޯ، ތަހީނީ އަދި ކުނަފާ އަޅައިގެން އުފައްދާފައި ހުންނަ އެއްޗިއްސަށް ވާއިރު، އިނގިރޭސި ވިލާތުގެ މާކެޓްތަކުން ޓެސްޓްކުރި ބައެއް ތަކެތީގައި، ޕީނަޓާއި، ސެމަމީފަދަ ތަކެތި ހިމަނާފައިވާ ކަމަށެވެ. އަދި އެތަކެތީގެ ލޭބަލްގައި އެ އުފެއްދުމުގައި އެބާވަތްތައް ހިމެނޭކަން ބަޔާންކޮށްފައި ނުވާކަންވެސް އިނގިރޭސި އެފްއެސްއޭއިން ހާމަކޮށްފައިވެއެވެ.

އެހެންކަމުން އާއްމުން އެބާވަތުގެ ޗޮކްލެޓް ގަތުމާއި، ބެހުމުގައި ސަމާލުވުމަށްވެސް އެފްއެސްއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް