ޑރ. ޢަލީ ލަޠީފާއި ޑރ. އިކްލީލަށް އަދި ފަޔާޒަށް އެންމެ ބޮޑު އަދަބު ދޭން އެދޭނަން: ޕީޖީ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ކްރިިމިނަލް ކޯޓު ---
ކޮވިޑް ޕީ.ސީ.އާރ ޓެސްޓުތައް ހަދައިގެން ލިބުނު އާމްދަނީން ދައުލަތަށް ދައްކަންޖެހޭ ޓެކްސް ދެއްކުމުގައި އޮޅުވާލާފައި ވާތީ އެކަމުގައި ބައިވެރިވެފައިވާ، ހ. އޯކިޑް، ޑރ. އިކްލީލް ޝަރީފްއާއި، މ. ގައްދަޑުގެ، ޑރ. ޢަލީ ޢަބްދުﷲ ލަޠީފާއި، އދ. މާމިގިލި، ބޯވެލި، ޢަލީ ފަޔާޟްގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތުވެއްޖެނަމަ އެންމެ ބޮޑު އަދަބު ދިނުމަށް އެދޭނެ ކަމުގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވެއްޖެއެވެ.
ކޯވިޑް-19ގެ އާލަމީ ވަބާގެ ތެރޭގައި، ޕީސީއާރް ޓެސްޓްތައް ހެދުމުގެ ޚިދުމަތް ދިން، އައިލެންޑް ހެލްތް ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑާއި، ޕައިނިއަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ޑިރެކްޓަރުންނަކީ، ޑރ. އިކްލީލް ޝަރީފްއާއި، ޑރ. ޢަލީ ޢަބްދުﷲ ލަޠީފެވެ. ޢަލީ ފަޔާޟަކީ، އެދެކުންފުނީގެ ޓެކްސް ބަޔާންތައް އޮޅުވާލައި ތައްޔާރުކޮށްދީފައިވާ ފަރާތެވެ.
އެމައްސަލައިގައި ޕައިނިއަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ދެ ދައުވާއެއް އުފުލާފައި ވެއެވެ. އަދި އައިލެންޑް ހެލްތް ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް 3 ދައުވާއެއް އުފުލާފައިވެއެވެ. މިމައްސަލަތަކުގައި ޑރ. ޢަލީ ޢަބްދުﷲ ލަޠީފުގެ މައްޗަށް 3 ދައުވާ އަދި ޑރ. އިކްލީލް ޝަރީފާއި ޢަލީ ފަޔާޟުގެ މައްޗަށް 5 ދައުވާ އުފުލާފައިވެއެވެ.
ޕީޖީން އާއްމުކޮށްފައިވާ ގޮތުގައި ޓެކްސް ގޮތުގައި ދައްކަންޖެހޭ 20 މިލިޔަނަަށްވުރެ ގިނަ ރުފިޔާ އޮޅުވާލައިގެން ނުދައްކައި އޮތްކަން، ކުންފުނިތަކުގެ އަސްލު ޢާމްދަނީއަށް ބަލައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީންހަދާފައިވާ އޮޑިޓްތަކުގައި ހާމަވެފައި ވެއެވެ. އެެހެންވެ އެކުންފުނިތައް 40 މިލިއަން ރުފިޔާއިން ޖޫރިމަނާކުރުމަށްވެސް ކޯޓުގައި އެދޭނެ ކަމުގައި ޕީޖީން ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް