އަނެއްކާވެސް މަޖިލީހުގެ ދައުރުގެ މުއްދަތު އިތުރުކުރަން ފާސްކޮށްފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ރައްޔިތުންގެ މަޖިލިސް --
ރައްޔިތުންގެ މަޖިލީހުގެ ހިނގަމުން މިދާ ދައުރުގެ މުއްދަތު އިތުރުކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު އަނެއްކާވެސް ފާސްކޮށްފިއެވެ.
މީގެ ކުރިން ވަނީ، މަޖިލީހުގެ މިދައުރު މިމަހުގެ 20 ވަނަ ދުވަހާއި ހަމައަށް ދަންމާލުމަށް ފާސްކޮށްފައެވެ. މިއަދު އަނެއްކާވެސް ފާސްކޮށްފައި ވަނީ، މަޖިލީހުގެ ޗުއްޓީ ކުރުކޮށް ދައުރު މިމަހުގެ 27 ވަނަ ދުވަހާއި ހަމައަށް އިތުރު ކުރުމަށެވެ.
މަޖިލީހުގެ ދައުރުގެ މުއްދަތު އިތުރުކުރަން ނެގި ވޯޓުގައި، މުއްދަތު އިތުރުކުރަން ފެންނަކަމަށް ވޯޓު ދެއްވީ، 58 މެމްބަރުންނެވެ. ދެކޮޅަށް 9 މެމްބަރުން ވޯޓު ދިނެވެ.
މަޖިލީހުގެ ދައުރު އިތުރުކުރަން ހުށައަޅާފައި މިވަނީ، ދައުލަތުގެ މާލީ ހާލަތު ގޯސްވެ، ޤާނޫނުތަކަށް އިސްލާޙްގެނެސްގެން ދައުލަތަށް އާމުދަނީ އިތުރުކުރުމަށާއި، ސަރުކާރުން ބޭނުން ވެއްޖެ ހިނދެއްގައި ކައުންސިލްތަކުން ބިންތައް ވަކިކޮށް ސަރުކާރަށް ނެގޭ ގޮތަށް ހުށައަޅާފައިވާ ބިލުގެ މަސައްކަތް ނިންމުމަށް ކަމުގައި އެނގިފައިވެއެވެ،
ދައުލަތުގެ އާމްދަނި އިތުރުކުރުމަށް، ބޭރުގެ ބުކިން ޕްލެޓްފޯމްތަކާއި ޓްރެވެލް އެޖެންޓުންގެ އަތުން ޖީއެސްޓީ ނަގާ ގޮތަށް އަދި، ބޭރުގެ ކޮންޓްރެކްޓަރުންގެ އަތުން ނަގާ ވިތުހޯލްޑިން ޓެކްސް 10 ޕަސެންޓަށް ބޮޑުކުރުމަށް ހުށައަޅާފައިވާ ބިލްތައް މިދައުރު ނިމުމުގެ ކުރިން ފާސްކުރުމަށް ސަރުކާރުންނާއި، ސަރުކާރު ހިންގާޕާޓީ ޕީއެންސީން އަންނަނީ މަސައްކަތް ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް