ރާއްޖެ

އިންތިހާބުގެ ދެވަނަ ބުރުގެ ނަތީޖާ: އެމްޑީޕީއަށް އެއްގޮނޑި، ޕީއެންސީއަށް 3 ގޮނޑި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

އިންތިހާބުގެ ދެވަނަ ބުރުގެ ނަތީޖާ: އެމްޑީޕީއަށް އެއްގޮނޑި، ޕީއެންސީއަށް 3 ގޮނޑި

މިއަދު ބޭއްވި އިންތިޚާބުގެ ތެރެއިން ---

މިއަދު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ދެވަނަ ބުރުގެ ވަގުތީ ނަތީޖާ އިއުލާނުކޮށްފިއެވެ.

ފަސްދާއިރާއެއްގައި ކުރިޔަށް ދިޔަ މި އިންތިޚާބުގައި އެމްޑީޕީން ވަނީ، ދޮންފަނު ކައުންސިލްގެ އަންހެނުންނަށް ޚާއްޞަގޮނޑި ކާމިޔާބުކޮށްފައެވެ. އެގޮނޑިއަށް އިންތިޚާބުވީ، އެމްޑީޕީ ކެންޑިޑޭޓު އައިމިނަތު ރަފާހުއެވެ. ފުވައްމުލަ ސިޓީކައުންސިލްގެ އަންހެނުންނަށް ޚާއްޞަކޮށްފައިވާ ދަނޑިމަގު ދާއިރާގެ ގޮނޑި ކާމިޔާބުކޮށްފައި ވަނީ، އަމިއްލަ ގޮތުން ވާދަކުރި ޝީޒާ އިބްރާހީމެވެ.

ނަތީޖާ އެއްވަރުވުމުން މިއަދު ވޯޓުލުން ބޭއްވި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ހުރިހާ ގޮނޑިއެއްވެސް ކާމިޔާބު ކުރީ ސަރުކާރު ހިންގާޕާޓީ ޕީއެންސީއިންނެވެ. އެއީ، ކެލާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސާގެ ގޮނޑިއާއި، ލ. މާވަށާއި ހދ. ނޭކުރެންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ގޮނޑިއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް