ދެ ދަރިންގެ ފުރާނަ ސަލާމަތްކޮށް ދިނުމަށްފަހު ހާލުދެރަވެ ނިޔާވި ބައްޕަގެ ޖަނާޒާ މިރޭ ފަތިސް ނަމާދަށް ފަހު އާސަހަރާގައި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ސ. ހިތަދޫ، ދުންނިކަގެ )ހ. ގިނިރާހިއާގެ( ޙުސައިން ޙަބީބު، )63އ(
ވ. ފުލިދޫގައި މިއަދު ހިނގާދިޔަ ހިތާމަވެރި ހާދިސާގައި ނިޔާވި، ސ. ހިތަދޫ، ދުންނިކަގެ (ހ. ގިނިރާހިއާގެ) ޙުސައިން ޙަބީބު، (63އ) އަހަރުގެ ޖަނާޒާ މިރޭ ފަތިސް ނަމާދަށް ފަހު، މަސްޖިދުއްތަޢާވުނި އާސަހަރާ މިސްކިތުގައި އޮންނާނެކަން ހާމަކޮށްފިއެވެ.
ޙުސައިން ޙަބީބު ނިޔާވި ހިތާމަވެރި ޙާދިސާ ހިނގީ މިއަދުގެ މެންދުރު ފަހު، ވ. ފުލިދޫގައެވެ.
ފުލިދޫ ކައުންސިލްގެ ރައީސް މުޙައްމަދު އިމްތިޔާޒު ވިދާޅުވީ، ޙުސައިން ޙަބީބު ފުލިދޫއަށް މިއަދު ހެނދުނު އައީ އަންހެނުންނާއި ދެދަރިންނާއި އަދި އެހެން ބަޔަކާއި އެކު ހަފްތާ ބަންދު ޗުއްޓީއަކަށް ކަމުގައި އެނގިފައިވާ ކަމަށެވެ.
އެމީހުން މެންދުރުފަހު މޫދަށް އެރުނީ ރަށުގެ ތުނޑީގައި އޮންނަ އޮއިބާރު ސަރަހައްދަކަށް ކަން އެނގިފައިވާ ކަމަށާއި، މޫދަށް އެރި އުޅުމުގެ ތެރޭގައި ދެކުދިން އޮޔާ ފުންތަނަށް ދަމައިގަތުމުން ޙަބީބު މަސައްކަތް ކުރީ ދެދަރިން ގެނބުނަނުދީ ސަލާމަތް ކުރުމަށް ކަމުގައި އެނގިފައިވާ ކަމަށް އިމްތިޔާޒު ވިދާޅުވިއެވެ.
އިމްތިޔާޒު ވިދާޅުވީ، އޮޔާ ދަމައިގަތް ޙަބީބުގެ ދެކުދިންނަކީ، ދެ އަންހެންކުދިން ކަމަށެވެ. އެ ދެކުދިންނަކީ އުމުރުން 13 އަހަރުގެ ކުއްޖަކާއި 16 އަހަރުގެ ކުއްޖެއް ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
ފުލުހުންގެ އިދާރާއިން ވިދާޅުވީ، އޮޔާދިޔަ ކުޑަ ދެކުދިން ސަލާމަތް ކުރި 63 އަހަރުގެ މީހަކު ހާލުދެރަވެ، ފުލިދޫ ޞިއްޙީމަރުކަޒުގައި ފަރުވާދެމުން ދަނިކޮށް ނިޔާވިއިރު، ފުލުހުންނަށް އެހާދިސާ ރިޕޯޓްކޮށްފައި ވަނީ މިއަދުގެ 15:10 ހާއިރު ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް