Post banner
ރާއްޖެ

މާލޭގެ ދެކުނު ފަރާތު ނެރުމައްޗަށް އުރުނު ލޯންޗު ފުންކޮށްފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

މާލޭގެ ދެކުނު ފަރާތު ނެރުމައްޗަށް އުރުނު ލޯންޗު ފުންކޮށްފި

ލޯންޗު މާލޭގެ ބޭރުތޮށި މައްޗަށް ލައްވެފައި --- ފޮޓޯ: ރައްޔިތުންގެ ނޫސް

މާލޭގެ ދެކުނު ފަރާތު ނެރުމައްޗަށް އުރުނު ލޯންޗު ފުންކޮށްފިއެވެ.

މި ލޯންޗު ފުންކޮށްފައި ވަނީ، މިއަދު އެންމެ ދިޔަވަރު ބޮޑުވި ވަގުތުގައި، ލޯންޗުގެ ވެރިފަރާތުން ޓަގު ބޯޓެއް ބޭނުންކޮށްގެންނެވެ.

މިލޯންޗު މާލޭގެ ދެކުނު ފަރާތު ނެރުގެ ހުޅަނގު ފައިކަށި މައިތިން ބޭރުތޮށި މައްޗަށް ލައްވީ. އިއްޔެ، މާލެއަށް އުދަ އަރަމުން ދިޔަ ވަގުތުގައި ދެކުނު ފަރާތު ނެރުން ވަންނަން އުޅެނިކޮށެވެ.

މިހާދިސާގައި އެ ލޯންޗުގައި އެވަގުތު ތިބި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ނުވި ނަމަވެސް، ލޯންޗަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

މިއަދުވެސް މާލެއަށް އުދައެރި އިރު، މާދަމާވެސް މާލެއަށް އުދަ އަރާނެ ކަމުގައި މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ ލަފާކުރައްވާފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް