ދެ މެމްބަރެއްގެ ނަން އިއްވައި ތަޅުމުން ނެރެފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން -- ފޮޓޯ މަޖިލިސް
ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެމްބަރެއްގެ ނަން އިއްވައި މަޖިލީހުގެ ތަޅުމުން ނެރެފިއެވެ،
ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބުދުﷲ ވަނީ، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަޙްމަދު ނަސީމާއި ވައިކަރަދޫ ދާއިރާގެ މެމްބަރު ޙުސައިން ޒިޔާދުގެ ނަން އިއްވައި މަޖިލީހުގެ ތަޅުމުން ނެރެފިއެވެ.
އެ ދެމެމްބަރުންގެ ނަން އިއްވައި މަޖިލީހުގެ ތަޅުމުން ނެރުނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ރިޔާސީ ބަޔާން އިއްވަމުން ގެންދަވާ ވަގުތު، ކަށިގަނޑު ފުމެ، ހަޅޭލަވައި އިޙްތިޖާޖު ކުރުމާއި ގުޅިގެންނެވެ. މަޖިލީހުގެ ރައީސް ވަނީ އެމެމްބަރުންނަށް މަޖިލީހުގެ ޤަވާއިދަށް ހުރުމަތްތެރިކޮށް ހިތުމަށް ތަކުރާރުކޮށް ނަޞޭހަތްތެރިވެވަޑައިގެންފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަޙްމަދު ނަސީމާއި ވައިކަރަދޫ ދާއިރާގެ މެމްބަރު ޙުސައިން ޒިޔާދުގެ ނަން އިއްވައި، މަޖިލީހުގެ ތަޅުމުން ނެރުއްވި އިރު، ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު ޢަބްދުލްޣަފޫރު މޫސާއަށްވެސް މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ނަސޭޙަތްތެރިވެވަޑައިގެންނެވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާން އިއްވެވުމަށް ހުރަސް އެޅުމުގެ ގޮތުން އެމްޑީޕީގެ ބައެއް މެމްބަރުން މަޖިލީހުގެ ތަޅުމުގައި ދަނީ އިޙްތިޖާޖު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް