ރާއްޖެ

ތައިލެންޑްގެ ޖަލެއްގައި ހުރި ދިވެހި ޒުވާނަކު ނިޔާވެއްޖެ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ތައިލެންޑްގެ ޖަލެއްގައި ހުރި ދިވެހި ޒުވާނަކު ނިޔާވެއްޖެ

ދިވެހި ފުލުހުންގެ ޚިދުމަތުގެ މައި އިދާރާ -- ފޮޓޯ: ރައްޔިތުންގެ ނޫސް

މަސްތުވާތަކެތީގެ މައްސަލައެއްގައި ތައިލެންޑްގެ ޖަލެއްގައި ހައްޔަރުކޮށްފައި ހުރި ދިވެހި ޒުވާނަކު ނިޔާވެއްޖެއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެކަމުގެ މައުލޫމާތު، ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. ފުލުހުން ހާމަކުރައްވާފައިވާ ގޮތުގައި ނިޔާވެފައި ވަނީ، ތ. ގުރައިދޫ، ފަނާރު، އިބްރާހީމް ނަބީޙް ނަސީމް (22އ) އެވެ.

އޭނާ ހައްޔަރުކޮށްފައި ވަނީ، ހުސްވި ފެބުރުއަރީ މަހުގެ 22 ވަނަ ދުވަހު، ތައިލެންޑްގެ ޑޮންގ މުއެންގ އިންޓަރނޭޝަނަލް އެއާޕޯޓުންނެވެ. އޭނާ ހައްޔަރުކުރީ އޭނާގެ އަތުން މަސްތުވާތަކެތި ފެނިގެންނެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެމައްސަލަ އާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލައި ފިޔަވަޅުތައް އެޅުމަށް ކަމާއި ބެހޭ ފަރާތްތަކާއި އެކުގައި މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް