އަމިއްލަ ވިޔަފާރިތަކުގެ ތެރެއަށް ސަރުކާރުން ނުވަނުމަށް އެމްޑީޕީން ގޮވާލައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ޑްރައިވަރުންނާއި އެކު އެމްޑީޕީން ބޭއްވި ބައްދަލުވުމުގެ ތެރެއިން ---
އަމިއްލަ ވިޔަފާރިތަކުގެ ތެރެއަށް ސަރުކާރުން ނުވަނުމަށް އެމްޑީޕީން ގޮވާލައިފިއެވެ.
އެމްޑީޕީން މިކަމަށް ގޮވާލާފައި ވަނީ، އެމްޑީޕީގެ ޗެއާޕަރސަން، ޑްރައިވަރުންގެ އެސޯސިއޭޝަނާއި އެކު ބޭއްވި ބައްދަުކުރެއްވުމަށް ފަހުގައި ނެރުނު ނޫސްބަޔާނުގައެވެ.
އެބައްދަލުވުމާއި ގުޅޭ ގޮތުން އެމްޑީޕީން ނެރެފައިވާ ބަޔާނުގައި ވަނީ، ސަރުކާރުގެ ޓެކްސީ ލައިންގެ ސަބަބުން ޓެކްސީ ޑްރައިވަރުންގެ ވިޔަފާރިއަށް ހުރަސްއެޅިފައިވާކަން ފާހަގަކޮށްފައެވެ. މިގޮތުން އެބަޔާނުގައި ބުނެފައި ވަނީ، ޓެކްސީ ލައިން ތަޢާރަފު ކޮށްފައިވަނީ މާލޭގައި ޓެކްސީގެ ޚިދުމަތް ފޯރުކޮށްދޭ 500 އަށް ވުރެ ގިނަ ޑްރައިވަރުންގެ އާމްދަނީއަށާއި، ޓެކްސީ ސެންޓަރުތަކާއި ޑްރައިވަރުން ކޮށްފައިވާ އިންވެސްޓްމަންޓުތަކަށްވެސް ރިޢާޔަތްކުރުމެއްނެތި ކަމަށެވެ. އެކަމުގެ ސަބަބުން ޓެކްސީގެ ޚިދުމަތް ފޯރުކޮށްދޭ އަމިއްލަ ފަރާތްތަކުގެ ވިޔަފާރީގެ ދެމެހެއްޓެނިވި ކަމާމެދު ސުވާލު އުފެދި، 500 އަށްވުރެ ގިނަ ޑްރައިވަރުންގެ ޢާއިލާތަކުގެ އާމްދަނީގެ ކަށަވަރުކަމަށް ހިޔަނި އެޅިފައިވާ ކަމުގައިވެސް އެމްޑީޕީން ވަނީ ބުނެފައެވެ.
އެޕާޓީން ބުނީ، ވިލިމާލެ، ގުޅީފަޅު އަދި ގިރާވަރުފަޅާއި، މާލެ އަދި ހުޅުމާލެ ގުޅިގެން ދާއިރު، ޓެކްސީ ޚިދުމަތް ފުޅާކޮށް، ރަނގަޅަށް އަމިއްލަ ވިޔަފާރިއެއްގެ ގޮތުގައި ހިންގޭން އޮތްކަމަށް މި ޕާޓީއިން ދެކޭކަމަށެވެ. އަދި މިއީ މިއީ ޓެކްސީގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ސަރުކާރުން އެހީތެރިކަމާއި ހިތްވަރު ދޭންވީ ވަގުތުކަމުގައިވެސް މި ޕާޓީއިން ދެކޭ ކަމަށާއި، އަދި މިއީ ޓެކްސީ ފީ ނެގުން މީޓަރު އުޞޫލަށް ބަދަލުކުރާންވީ ވަގުތުކަމުގައި ދެކޭކަމަށްވެސް އެޕާޓީން ބުނެފައި ވެއެވެ.
މީގެ އިތުރުން، ޓެކްސީ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް، ދަނޑުވެރިންނާއި މަސްވެރިންނަށް ސަރުކާރުގެ ފަރާތުން ލިބޭ ބާވަތުގެ އެއްވެސް ލުޔެއް ނުވަތަ އެހީއެއް ފޯރުކޮށް ނުދޭއިރު، ސްޕެޔަރ ޕާޓްސްގެ އިމްޕޯޓު ޑިއުޓީ 200 އިންސައްތައަށް ބޮޑުކޮށްފައިވާތީ އެކަމުގެ ކަންބޮޑުވުންވެސް ޓެކްސީ ޑްރައިވަރުންގެ އެސޯސިއޭޝަނުން ފާހަގަކޮށްގައިވާ ކަމުގައި އެމްޑީޕީން ވަނީ ބުނެފައެވެ.
އެމްޑީޕީން ބުނެފައި ވަނީ އަމިއްލަ ވިޔަފާރިތަކުގެ ތެރެއަށް ސަރުކާރުން ނުވަނުމަށާއި، އަދި ސިޔާސަތު އެކުލެވުމާއި، ރެގިއުލޭޓަރެއްގެ ހައިޘިއްޔަތުން ޚިދުމަތާ ގުޅޭ ސިޔާސަތުތައް އެކުލެވުމާއި، ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމާއި، ރެގިއުލޭޓަރެއްގެ ރޯލުގެ އިމުގެ ތެރެއަށް ސަރުކާރު ރުޖޫޢަވުށް ގޮވާލާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް