ސަލާމްބުނުން އިތުރުވަމުންދާކަމަށް ބުނެ އައިޖީއެމްއެޗުން ފިޔަވަޅު އަޅަން ނިންމައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް --- ފޮޓޯ: ސަން
އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް، އައިޖީއެމްއެޗްގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން ސަލާމް ބުނާ މުވައްޒަފުންނަށް އެ ހޮސްޕިޓަލުން ފިޔަވަޅުއަޅަން ނިންމައިފިއެވެ.
ސޯޝަލްމީޑިއާގައި ދައުރުވަމުންދާ އެ ހޮސްޕިޓަލުގެ އިންޓާނަލް މެމޯއެއްގައި އަންގާފައިވާ ގޮތުގައި ދެމަސް ދުވަހުގެ މުއްދަތެއްގެ ތެރޭގައި 3 ސަލާމަށް ވުރެ ގިނައިން ސަލާމް ބުނެފިނަމަ ފިޔަވަޅު އަޅާނެއެވެ.
އެގޮތުން، އެހެން ޑިޕާޓުމެންޓްތަކަށް މުވައްޒަފުން ބަދަލުކުރުމާއި، 3 މަސްދުވަސްވަންދެން ޑިއުޓީ ބަދަލުކުރުން މަނާކުރުމުގެ އިތުރުން، ބްރޭކް ގަޑިއަކީ ރަސްމީގަޑީގެ އެންމެ ފަހު ގަޑިކަމަށް ހެދުމުގެ ފުރުސަތު 3 މަސްދުވަސް ވަންދެން ނުލިބޭނެ ކަމުަގައިވެސް ވަނީ އަންގާފައެވެ. މީގެ އިތުރުން، މުވައްޒަފުން ބޭނުންވާ ދުވަސްތައް އޮފް ދުވަސް ނުވަތަ ބަންދު ދުވަސް ގޮތުގައި ނުހެދޭނެކަމަށް ބުނެފައިވެއެވެ.
މެމޯގައިވާ ގޮތުން، މިގޮތަށް ފިޔަވަޅުއަޅަން އައިޖީއެމްއެޗަށް މަޖުބޫރުވީ ކުރިން އެންގުމަކާ ނުލާ ލީވް ނެގުމުގެ ސަބަބުން އެ ހޮސްޕިޓަލުން ޚިދުމަތްތައް ދިނުމަށް ދަތިތަކާއި ކުރިމަތިވަމުންދާތީއެވެ.
މެމޯއާއި ގުޅިގެން ގިނަ މުވައްޒަފުން ދަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި މިއީ އެޗްއާރްސީއެމްގެ ފަރާތުން ތަހުގީގުކުރަންޖެހޭ ފަދަ އަސާސީ ހައްގުތަކާ ގުޅޭ މުހިއްމު މައްސަލައެއްކަންވެސް ބައެއް ފަރާތްތަކުން ފާހަގަކޮށްފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް