އެކަނި ދިރިއުޅެމުން ދިޔަ މީހަކު ނިޔާވެފައި އޮއްވައި ފެނިއްޖެ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ފުލުހުންގެ މައި އިދާރާ --
ރ. ރަސްގެތީމުގައި އެކަނި ގެއެއްގައި ދިރިއުޅެމުން ދިޔަ މީހަކު ނިޔާވެފައި އޮއްވައި ފެނިއްޖެއެވެ.
ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެކަނި ދިރިއުޅެމުންދިޔަ މީހެއްގެ ހަބަރެއް ނުވެ ދެ ދުވަސް ވެފައިވާކަމަށް ފުލުހުންނަށް ލިބުނު ރިޕޯޓަކާ ގުޅިގެން އެމީހާ ދިރިއުޅޭ ގެއަށް 2026 އޭޕްރީލް 26 ވަނަ ދުވަހުގެ ރޭ 21:53 އެހައިކަންހާއިރު ވަދެ ބެލި އިރު އެމީހާ ނިޔާވެފަ އޮއްވައި ފެނިފައިވާ ކަމަށެވެ.
ފުލުހުންގެ އިދާރާއިން ވިދާޅުވީ، ނިޔާވެފައި އޮއްވާ ފެނިފައި ވަނީ ސޯސަންގެ / ރ.ރަސްގެތީމު، އިބްރާހީމް ޔޫސުފުފުޅު (55އ)ކަމަށެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް ބެލިބެލުމުން، އެމީހާގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް އަނިޔާއެއްގެ ނިޝާނެއް ފެނިފައެއް ނުވާ ކަމަށާއި އެހެން ނަމަވެސް އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް