Post banner
ރާއްޖެ

މާލޭ ކޯޓު ކޮމްޕްލެކްސް އިމާރާތް ކުރުމުގެ މަޝްރޫޢު އެމްޓީސީސީއަށް

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

މާލޭ ކޯޓު ކޮމްޕްލެކްސް އިމާރާތް ކުރުމުގެ މަޝްރޫޢު އެމްޓީސީސީއަށް

މާލޭ ކޯޓު ކޮމްޕްލެކްސް އިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުން -- ފޮޓޯ: އިންފްރާސްޓްރަކްޗަރ މިނިސްޓްރީ

މާލޭ ކޯޓު ކޮމްޕްލެކްސް އިމާރާތްކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އާއެކު ސަރުކާރުން ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް އަލްއުސްތާޛު ޔޫސުފް ޢަބްދުލްޣަފޫރް އެވެ. އަދި އެމް.ޓީ.ސީ.ސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑީ.ސީ.ޕީ (ރިޓަޔަރޑް) އަޙްމަދު ސައުދީއެވެ.

އިންފްރާސްޓްރަކްޗަރ މިނިސްޓްރީން ހާމަކުރައްވާފައިވާ ގޮތުގައި، މި މަޝްރޫޢުގެ ދަށުން ތަރައްޤީކުރެވޭ 14 ބުރީގެ އިމާރާތަކީ ހައިކޯޓާއި، ސިވިލް ކޯޓާއި، ކްރިމިނަލް ކޯޓުގެ އިތުރުން ފެމިލީ ކޯޓާއި، ޑްރަގް ކޯޓު، ޖުވެނައިލް ކޯޓު އަދި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީ.ޖޭ.އޭ) ހިންގުމަށް ބޭނުންވާ އެންމެހައި ޖާގަތައް ހިމެނޭ ގޮތަށް ފަރުމާކުރެވިފައިވާ ޢިމާރާތެކެވެ. މި މަޝްރޫޢަކީ 699.86 މިލިއަން ރުފިޔާއަށް 720 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ. މިޢިމާރާތް ބިނާކުރެއްވުމަށް ހަމަޖެހިފައި ވަނީ، ހުޅުމާލޭގައެވެ.

ހުޅުމާލޭގައި މާލޭ ކޯޓު ކޮމްޕްލެކްސް އިމާރާތްކޮށް ނިމުމާއެކ،ު ޝަރުޢީ ނިޒާމުގެ ތެރެއިން ޚިދުމަތް ހޯދުމުގައި ރައްޔިތުންނަށް ގިނަގުނަ ފަސޭހަތަކެއް ލިބިގެންދާނެކަމުގައި ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް