ބާޒާރުމަތީ މަގުގައި ތާރުއަޅައި ނިންމައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
މާލޭ އުތުރު ފަރާތު ބަނދަރު ސަރަހައްދުން ބޮޑުތަކުރުފާނު މަގުގައި ތާރު އަޅާފައި --- ފޮޓޯ: އެމްޓީސީސީ
މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ފުޅާކޮށް އެމަގުގައި ތާރުއެޅުމުގެ މަސައްކަތް އެމްޓީސީސީން ނިންމާލައިފިއެވެ.
އެމްޓީސީސީން މިއަދު ތާރުއަޅައި ނިންމާފައި ވަނީ، ތާރުއަޅައިގެން ބާޒާރުމަތީ ސަރަހައްދުން ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތެވެ. އެމަސައްކަތް އެކުންފުނިން ފެށީ ހުސްވި ޑިސެމްބަރު މަހުގައެވެ. އެމަސައްކަތުގެ ދަށުން ވަޅޯމަސްމާރުކޭޓާއި ހިސާބުން ފެށިގެން މާލޭ ނޯތު ހާބަރާއި ހަމައަށް ވަނީ، މަގު ފުޅާކޮށް، ތާރުއަޅާފައެވެ.
އެމަގުގައި ތާރު އެޅުމުގެ މަސައްކަތް ނިންމާލާފައި ވާއިރު، ބަނދަރުގެ އައްދަށު ވާޓަރުގެ ތޮށިގަނޑު ނިންމުމުގެ މަސައްކަތް އެމްޓީސީސީން މިހާރު އަންނަނީ ކުރަމުންނެވެ. ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ، ރޯދަމަސް ފެށުމުގެ ކުރިން އެމަގު އާއްމު ޓްރެފިކަށް ހުޅުވާލުމަށެވެ.
މާލޭ އުތުރު ބަނދަރުން ލޯކަލްމާރުކޭޓު ހިމެނޭ ސަރަހައްދަކީ، ކޮންމެ ރޯދަމަހަކު އެންމެ ބާރުބޮޑު ސަރަހައްދެވެ. ރޯދަމަހުގައި ނޫނަސް އާއްމުކޮށްވެސް އެސަރަހައްދުގައި ޓްރެފިކް ބާރުބޮޑުވެއެވެ.
ބަނދަރު މަރާމާތުކުރުމާއި މަގު ހެދުމުގެ މަސައްކަތްތައް ކުރިޔަށްދާތީ، މާލެއިން އަތޮޅުތަކަށް ދަތުރުކުރާ އުޅަނދުފަހަރު މިހާރު މުދާ ބަރުކުރަން ގާތްކުރަނީ ހުޅުމާލެއަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް