ރ ވެޓެރަންސް ފުޓްސަލް ޗެލެންޖުގެ ޓީމް ލިސްޓުތައް ހުށައެޅުމަށް ހުޅުވާލައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ރަސްމާދޫ ކައުންސިލާއި،ރަސްމާދޫ ޑިވެލޮޕްމަންޓް އެސޯސިއޭޝަން(އާރްޑީއޭ) އަދި ރަސްމާދޫ ސްޕޯޓްސް ކްލަބު ގުޅިގެން ރ ރަސްމާދޫގައި ބާއްވާ "ރ ވެޓެރަންސް ފުޓްސަލް ޗެލެންޖް 2026" ގައި ބައިވެރިވި ޓީމްތަކުގެ ޓީމް ލިސްޓްތައް ހުށައަޅަން ފުރުސަތު ހުޅުވާލައިފިއެވެ.
ޓީމް ލިސްޓްތައް ހުށައެޅުމުގެ ސުންގަޑިއަކީ 18 ސެޕްޓެމްބަރު 18 ވަނަ ދުވަސް ކަމުގައި މުބާރާތް އިންތިޒާމްކުރާ ފަރާތުން ވަނީ ބުނެފައެވެ.
މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލި ފުރުސަތުގައި ރ އަތޮޅުގެ 11 ރަށަކުން ބައިވެރިވެފައިވާކަމަށް މުބާރާތް އިންތިޒާމުކުރާ ފަރާތުން ވަނީ ހާމަކޮއްފައެވެ. 2025 ވަނަ އަހަރު 9 ޓީމެއް ވާދަކުރިއިރު މިމުބާރާތަށް މިއަހަރު ބޮޑު ތަރުޙީބެއް މިވަނީ ލިބިފައެވެ. މިއަހަރުގެ މުބާރާތުގައި އެންމެ ފަހުގެ ޗެންޕިއަންސް ރަސްމާދޫގެ އިތުރުން ބައިވެރިވެފައިވަނީ ނިމުނު އަހަރުގެ ރަނަރއަޕް ހުޅުދުއްފާރު މަޑުއްވަރީ މީދޫ (އެމްޖޭއެސް) އިނގުރައިދޫ އިންނަމާދޫ މާކުރަތް ދުވާފަރު އުނގޫފާރު އަނގޮޅިތީމް ރަސްގެތީމް މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 25 ސެޕްޓެމްބަރ 2026 ގައެވެ.
ޚަބަރުލިޔުނީ: ޙަސަން ސާތިޢު - ރަށު ރިޕޯޓަރ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް