ރާއްޖެ

ބޮޑު ކަންނެލި މަސްވެރިންގެ މުޒާހަރާއިން ހައްޔަރުކުރި މީހުން ދޫކޮށްލައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ބޮޑު ކަންނެލި މަސްވެރިންގެ މުޒާހަރާއިން ހައްޔަރުކުރި މީހުން ދޫކޮށްލައިފި

ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންއިން ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން -- ފޮޓޯ: ބީކޭއެމްޔޫ

މި ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުންފެށިގެން ބޮޑު ކަންނެލި މަސްވެރިން ކުރަމުން ގެންދިޔަ މުޒާހަރާގެ ތެރެއިން ފުލުހުން ހައްޔަރު ކުރި ބައެއް މީހުން ދޫކޮށްލައިފިއެވެ.

އެ މުޒާހަރާ އާއި ގުޅިގެން ފުލުހުން ދޯނި ފަހަރަށް އަރައި، ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަންގެ ސެކްރެޓަރީ ޖެނެރަލް، އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މަޢުރޫފް ޒާކިރާއި، ބައެއް ކެޔޮޅުން ހައްޔަރުކުރިއެވެ. އަދި ދޯނި ފަހަރުގައި މަސައްކަތް ކުރަމުން ދިޔަ ބިދޭސީންވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އިމިގްރޭޝަނާއި ހަވާލުކުރިއެވެ. އިމިގްރޭޝަނާއި ބިދޭސީން ހަވާލުކޮށްފައި ވަނީ، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި ކަމަށް ބުނެ ކަމުގައި އިމިގްރޭޝަނުން ވިދާޅުވިއެވެ.

ކޯޓު އަމުރެއްވެސް ނެތި ފުލުހުން ދޯނިތަކަށް އަރައި މީހުން ހައްޔަރުކުރީ، މުޒާހަރާގެ ދެވަނަ ދުވަހުގައެވެ.

ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންއިން ހާމަކޮށްފައިވާ ގޮތުގައި، މުޒާހަރާގެ ތެރެއިން ހައްޔަރު ކުރި މީހުންގެ ތެރެއިން ހުރިހާ ދިވެހިން ފުލުހުންގެ ބަންދުން ދޫކޮށްލާފައި ވާއިރު، ފުލުހުން އިމިގްރޭޝަނާއި ހަވާލުކުރި ބައެއް ބިދޭސީންވެސް ވަނީ ދޫކޮށްލާފައެވެ.

ފުލުހުންގެ ބަންދުން ދޫކޮށްލާފައި ވަނީ، ބީކޭއެމްޔޫގެ ހިންގާ ކޮމިޓީގެ މެމްބަރު، މުޙައްމަދު މުސްތަފާ އާއި ކެޔޮޅު ޢަބްދުއް ލަޠީފެވެ. މި މުޒާހަރާއި ހައްޔަރު ކުރި، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މަޢުރޫފް ޒާކިރު ވަނީ މީގެ ކުރިން ބަންދުން ދޫކޮށްލާފައެވެ. މުޒާހަރާގެ ތެރެއިން ހައްޔަރު ކުރި މީހުންގެ ބަންދަށް ޖެހި 5 ދުވަސް ހަމަވަނީ މިއަދަށެވެ.

share

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

0/1000 އަކުރު

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ. އަދަބުވެރި ގޮތުގައި ބަހުސް ކުރައްވާ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް