މެސީގެ ބައްޕަ ޖޯޖް ހޯޑާސިއޯ މެސީ އުމުރުން 68 އަހަރުގައި މަރުވެއްޖެ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ދުނިޔޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ލިއޮނަލް މެސީގެ ބައްޕަ އަދި އޭނާގެ ދިގު މުއްދަތުގެ އެޖެންޓް، ޖޯޖް ހޯޑާސިއޯ މެސީ ރޭގެ ވަގުތެއްގައި މަރުވެއްޖެއެވެ.
އުމުރުން 68 އަހަރުގެ ހޯޑާސިއޯ މެސީ މަރުވީ ގިނަ ދުވަސްތަކެއް ވަންދެން ކެންސަރު ބައްޔާ ހަނގުރާމަކުރުމަށްފަހު، އާޖެންޓީނާގެ ރޮސާރިއޯ ސިޓީގެ ކްލިނިކެއްގައި ފަރުވާދެމުން ދަނިކޮށެވެ. އާޖެންޓީނާގެ މަޝްހޫރު ނޫހެއް ކަމަށްވާ އިންފޯބޭ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ހޯހޭ މަރުވީ ހުކުރު ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައެވެ.
އޭނާގެ ސިއްހީ ހާލަތު ދަށަށްދާން ފެށީ މިދިޔަ ޖޫން މަހު ބޭއްވުނު 2026 ގެ ފީފާ ވޯލްޑް ކަޕްގެ ތެރޭގައެވެ. ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި އަލްޖީރިއާ ކޮޅަށް ގޯލް ޖެހުމަށްފަހު މެސީ ދަނޑުމަތީގައި ވަރަށް ބޮޑަށް ރޮއެ، އޭނާ އަމިއްލަ ދިރިއުޅުމުގައި އުނދަގޫ ދުވަސްތަކެއް ތަހައްމަލު ކުރަމުންދާކަމަށް މީޑިއާގައި ހާމަކޮށްފައިވެއެވެ.
ޖޯޖް ހޯޑާސިއޯ މެސީއަކީ މެސީގެ ފުޓްބޯޅަ ހަޔާތް ބައްޓަންކުރުމުގައި އެންމެ މުހިންމު ދައުރު އަދާކުރި ފަރާތެވެ. މެސީ ކުޑައިރު ދިމާވި ހޯމޯން ބައްޔަށް ފަރުވާ ހޯދުމަށާއި، ބާސެލޯނާއަށް ބަދަލުވުމުގެ ހުރިހާ މަޝްވަރާތަކެއް ކުރިއަށްގެންދިޔައީ އޭނާގެ ބައްޕައެވެ. އަދި އޭގެ ފަހުން ޕީއެސްޖީ އާއި އިންޓަ މިއާމީއަށް މެސީ ބަދަލުވުމުގެ އެއްބަސްވުންތައްވެސް ނިންމީ މެސީގެ ބައްޕައެވެ.
މި ހިތާމަވެރި ހަބަރާ ގުޅިގެން މުޅި ފުޓްބޯޅަ ދުނިޔެއިން ދަނީ މެސީގެ އާއިލާއަށް ތައުޒިޔާ ކިޔަމުންނެވެ.
ޚަބަރު ލިޔުނީ: ޢަލީ ރިޔާޟް - ރަށުރިޕޯޓަރ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް