Post banner
ރާއްޖެ

އިންޑިއާ ސަފީރު ހެލްތު މިނިސްޓަރާއި ބައްދަލުކުރައްވައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

އިންޑިއާ ސަފީރު ހެލްތު މިނިސްޓަރާއި ބައްދަލުކުރައްވައިފި

އިންޑިއާ ސަފީރު ރާއްޖޭގެ ހެލްތު މިނިސްޓަރާއި ބައްދަލު ކުރެއްވުން --- ފޮޓޯ: އިންޑިއަން ހައިކޮމިޝަން

އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުވާފައި ހުންނަވާ ސަފީރު، ޖީ. ބާލަސުބްރަމާނިއަން، ހެލްތު މިނިސްޓަރ ޤީލާ އަލީގެ އަރިހަށް ޢިހްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

އިންޑިއަން ހައިކޮމިޝަނުން ހާމަކުރައްވާފައިވާ ގޮތުގައި މިބައްދަލުވުން ބާއްވާފައި ވަނީ އިއްޔެއެވެ. މިބައްދަލުވުމުގައި ދެބޭފުޅުން ވަނީ، ޞިއްޙީ އަދި އިޖުތިމާޢީ ދާއިރާއިން އިންޑިއާ އާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައި ކަމުގައި އިންޑިއަން ހައިކޮމިޝަން އިން ހާމަކުރައްވާފައި ވެއެވެ.

ރާއްޖެއިން އެންމެ ގިނަ މީހުން، ބޭސްފަރުވާއަށް ދާ ޤައުމަކީ އިންޑިއާއެވެ. އަދި ރާއްޖެއިން އާސަންދަ ސްކީމުގެ ތެރެއިން އެންމެ ގިނަ ފައިސާ ޚަރަދުކުރަމުން އަންނަނީވެސް އިންޑިއާގެ ހޮސްޕިޓަލްތަކަށެވެ. ދާދިފަހުން އާސަންދަ ކުންފުނިން ވަނީ، ރާއްޖެއިން ލިބެން ހުންނަ ޚިދުމަތްތަކަށްވެސް ރާއްޖެއިން ބޭރުން ބޭސްފަރުވާކުރުމަށް އެހީދޭގޮތަށް ބަދަލުކޮށްފައިވާކަން ހާމަކޮށްފައެވެ.

ރާއްޖޭގެ ޞިއްޙީ ދާއިރާ އެންމެ ބޮޑަށް ބަރޯސާވެފައި އޮންނަ ޤައުމަކީވެސް އިންޑިއާއެވެ. މިގޮތުން ޑަކްޓަރީ ބޭހާއި މެޑިކަލް ކޮންސިއުމަބަލްސް އެންމެ ގިނައިން ރާއްޖެއަށް އެތެރެކުރަމުން އަންނަނީވެސް އިންޑިއާއިންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް