Post banner
ދުނިޔެ

ޓަރކިޝް އެއާލައިންގެ ފްލައިޓަކަށް މައްސަލައެއް ދިމާވެ އެމާޖެންސީގައި ބީއައިއޭގައި ޖައްސައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ޓަރކިޝް އެއާލައިންގެ ފްލައިޓަކަށް މައްސަލައެއް ދިމާވެ އެމާޖެންސީގައި ބީއައިއޭގައި ޖައްސައިފި

ޓަރކިޝް އެއާލައިންގެ ބޯޓެއް -- ފޮޓޯ: ޓަރކިޝް އެއާލައިން

ބަންޑާރަ ނައިކެ އިންޓަރނޭޝަނަލް އެއާޕޯޓުން ފުރި ޓާކިޝް އެއާލައިންގެ ފްލައިޓަކަށް މައްސަލައެއް ދިމާވުމުން، ރައްކާތެރި ކަމާއިއެކު، ބީއައިއޭގައި އަނބުރާ ޖައްސައިފިއެވެ.

ބަންޑާރަނައިކެ އިންޓަރނޭޝަނަލް އެއާޕޯޓުން ހާމަކޮށްފައިވާ ގޮތުގައި، ކޮލަމްބޯއިން އިސްތަމްބުލްއަށް ފުރި، ޓާކިޝް އެއާލައިންގެ އެއާރބަސް އޭ330ގެ ފްލައިޓް ސަލާމަތްތެރިކަމާއި އެކު ބީއައިއޭގައި އަނބުރާ ޖައްސާފައި ވަނީ، ރޭ ސްރީލަންކާ ގަޑިން މެންދަމު 12:28 ގައެވެ. އެބޯޓަށް ދިމާވީ ލޭންޑިއަރއަށް މައްސަލަދިމާވުމުން، އަނބުރާ ބީއައިއޭއަށް ޖެއްސުމަށް 2 ގަޑިއިރު ހޭދަވިއެވެ.

ސްރީލަންކާގެ ވެރިރަށް ކޮލަމްބޯ އާއި ޗިލާ މަތީގައި، އެބޯޓު 2 ގަޑިއިރަށް ވުރެ ގިނައިރު ދުއްވާފައި ވަނީ، ބޯޓުން ތެޔޮ ހުސްކުރުމަށެވެ. ބޯޓުގެ ފަސިންޖަރުންނާއި ކްރޫއިންނާއި، އެއަރ ޓްރެފިކް ކޮންޓްރޯލަރުން ނޭވާ ހިފަހައްޓާަލައިގެން ތިބެން ޖެހުނު 2 ގަޑި އިރަށް ފަހުގައި، ބޯޓު ބަންޑާރަ ނައިކެ އިންޓަރނޭޝަނަލް އެއާޕޯޓަށް ޖެއްސި އިރު، އެއާޕޯޓު އޮތީ ކުއްލި ޙާލަތަކަށް ގެނެސްފައެވެ.

ބަންޑާރަނައިކެ އިންޓަރނޭޝަނަލް އެއާޕޯޓުން ފުރާ އެހެން ފްލައިޓްތަކުގެ ދަތުރުތަކަށް މިހާދިސާގެ ސަބަބުން އެއްވެސް ބުރުލެއް ނާރާކަމުގައިވެސް އެއާޕޯޓުގެ އޮފިޝަލުން ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް