Post banner
ރާއްޖެ

ޑޮލަރުގެ ކަޅުބާޒާރާއި ގުޅޭ 65 ފަރާތެއްގެ މައުލޫމާތު އާއްމުން ފުލުހަށް ހިއްސާކޮށްފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ޑޮލަރުގެ ކަޅުބާޒާރާއި ގުޅޭ 65 ފަރާތެއްގެ މައުލޫމާތު އާއްމުން ފުލުހަށް ހިއްސާކޮށްފި

ފުލުހުންގެ އިދާރާ --

ދިވެހިރާއްޖޭގައި ޤަވާއިދާއި ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތް ކުރާ ފަރާތްތަކުގެ މައުލޫމާތު ޙިއްޞާކުރުމަށް ޤާއިމްކޮށްފައިވާ، ހޮޓްލައިނަށް، އާއްމުންގެ ފަރާތުން ޑޮލަރުގެ ކަޅު ބާޒާރާއި ގުޅުން ހުރި 65 ފަރާތެއްގެ މައުލޫމާތު ޙިއްސާކޮށްފައި ވާކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، ޑޮލަރުގެ ކަޅުބާޒާރުގެ މައުލޫމާތު ޙިއްސާކުރުމަށް ޤާއިމްކޮށްފައިވާ ހޮޓްލައިނަށް، ޤަވާއިދާއި ޚިލާފަށް ބޭރުފައިސާގެ މުއާމަލާތް ހިންގުުމުގެ 65 މެސެޖެއް ލިބިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ، ޤަވާއިދާއި ޚިލާފަށް ބޭރުފައިސާގެ މުއާމަލާތް ކުރާ 27 މީހެއްގެ މައުލޫމާތާއި، ހުއްދަނެތި ބޭރުފައިސާ ގަނެވިއްކުމުގެ ވިޔަފާރު ކުރަމުން ދިޔަ 18 ތަނަކާއި، ޤަވާއިދާއި ޚިލާފަށް ބޮޑު އަގުގައި ބޭރު ފައިސާގަނެވިއްކުމުގެ ވިޔަފާރި ހިންގަމުން ދިޔަ 4 ތަނަކާއި، ބޭރުފައިސާ ގަނެ ވިއްކުމުގެ މުއާމަލާތް ހިންގާ 16 އޮންލައިން ޕްލެޓްފޯމްގެ މައުލޫމާތު ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، އެ މައުލޫމާތާއި ގުޅިގެން މިހާތަނަށް ބިދޭސީއަކު ބަންދުކޮށް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ލިބިފައިވާ މައުލޫމާތުތައް ކަށަވަރުކޮށް އަޅަންޖެހޭ ޤާނޫނީ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް