Post banner
ރާއްޖެ

ނަޑެއްލާ އާއި ހޯޑެއްދޫގައި މިސްކިތް އެޅުމަށް ދެކުންފުންޏަކާއި ހަވާލުކޮށްފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ނަޑެއްލާ އާއި ހޯޑެއްދޫގައި މިސްކިތް އެޅުމަށް ދެކުންފުންޏަކާއި ހަވާލުކޮށްފި

މިސްކިތް އިމާރާތްކުރުމުގެ މަޝްރޫޢުގައި ސޮއިކުރުން - ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ގދ. ނަޑެއްލާ އާއި ހޯޑެއްދޫގައި މިސްކިތްތައް އެޅުމަށް ދެކުންފުންޏަކާއި ހަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ހާމަކުރައްވާފައިވާ ގޮތުގައި، ގދ. ހޯނޑެއްދޫގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް އިމާރާތްކުރުމަށް ހަވާލުކޮށްފައި ވަނީ، އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށެވެ. 365 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ހަވާލުކުރި މި މަޝްރޫޢުއަކީ ދަޢުލަތުގެ ބަޖެޓުން 11.9 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢެއް ކަމުގައި އެމިނިސްޓްރީން ހާމަކުރައްވާފައި ވެއެވެ.

އެމިނިސްޓްރީން ހާމަކުރައްވާފައިވާ ގޮތުގައި، ގދ. ނަޑެއްލާގައި 300 މީހުންގެ ޖާގައިގެ މިސްކިތެއް އިމާރާތްކުރުމަށް ހަވާލުކޮށްފައި ވަނީ، މިމްސް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށެވެ. އެކުންފުންޏާއި މިމަސައްކަތް ހަވާލުކޮށްފައި ވަނީ، 365 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށް 10.9 މިލިއަން ރުފިޔާއަށެވެ. މިއީވެސް ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢުއެކެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް