ރައްޔިތުންގެ ނޫހުގެ ކްލެސިފައިޑް ޕޭޖުގައި އިޝްތިހާރުކުރުމުގެ ފުރުސަތު ހުޅުވާލުން
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ރައްޔިތުންގެ ނޫހުގެ ކްލެސިފައިޑް ޕޭޖުގައި އިޝްތިހާރު އަދި އިއުލާނާއި އެނައުންސްމެންޓް ޖެހުމުގެ ފުރުޞަތު ރައްޔިތުންގެ ނޫހުގެ ފަރާތުން ހުޅުވާލައިފިއެވެ.
ރައްޔިތުންގެ ނޫހުގެ ފަރާތުން މިފުރުޞަތު ހުޅުވާލާފައި ވަނީ، ހުރިހާ ރައްޔިތުންނަށާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށާއި ކުންފުނިތަކަށާއި އަމިއްލަ ފަރުދުންނަށެވެ.
ރައްޔިތުންގެ ނޫހުގެ ކްލެސިފައިޑް ޕޭޖުގައި އިޝްތިހާރާއި، އިއުލާނާއި، ދަރަންޏާއި ވަޞިއްޔަތުގެ މައުލޫމާތުގެ އެންގުންތައް، ހުށައަޅާ ފަރާތުން އެދޭ މުއްދަތަކަށް ޝާއިޢުކޮށްދޭނެއެވެ. އަދި ދަރަންޏާއި ވަސިއްޔަތް އިއުލާނުތަކަށް ކަމާއި ބެހޭ މުއްސަސާތަކަށް ހުށައަޅަން ބޭނުންވާ ލިޔުންވެސް އިޢުލާނުގެ މުއްދަތު ނިމުމުން އެފަރާތަކަށް ފޯރުކޮށްދޭނެއެވެ.
މީގެ އިތުރުން އަމިއްލަ ކުދި ވިޔަފާރިތައް ހިންގަވާ ބޭފުޅުންނަށް، އެބޭފުޅުންގެ ވިޔަފާރި އާއި ގުޅޭ ލިޔުންތައްކާއި، ވަކި ޚާއްޞަ ޕްރޮޑަކްޓެއްގެ އިޝްތިހާރު ކުރައްވަން ބޭނުންފުޅުވާނަމަ އެ ޕްރޮޑަކްޓެއްގެ ލިޔުމާއި ފޮޓޯ އާއި ވީޑިއޯ ވެސް ކްލެސިފައިޑް ޕޭޖުގައި ޝާއިޢުކޮށްދޭނެވެ.
ރައްޔިތުންގެ ނޫހުގެ ކްލެސިފައިޑް ޕޭޖުގައި އިޝްތިހާރާއި މައުލޫމާތު ހިމެނުއްވުމަަށާއި އިތުރު މައުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ، ރައްޔިތުންގެ ނޫހުގެ ނަމްބަރު 9415149އަށެވެ. އީމެއިލު ކުރައްވާނީ، rayyithungenoos@gmail.com އަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް