އިއްޔެ އީރާނުން އެމެރިކާގެ ހަނގުރާމަމަތީ 2 ބޯޓު ވައްޓާލި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
އީރާނުން އިއްޔެ ވައްޓާލި، އޭ-10 މަރުކާގެ ބޯޓެއް --
އީރާނާއި ދެކޮޅަށް ވައިގެ ހަމަލާތައް ދިނުމުގައި އެމެރިކާއިން ބޭނުން ކުރަމުން އައި ހަނގުރާމަމަތީ ދެ މަތިންދާ ބޯޓެއް އިއްޔެ އީރާނުން ހަމަލާދީ ވައްޓާލާފައިވާ ކަމުގައި ބައިނަލްއަޤުވާމީ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.
ހަނގުރާމަމަތީ ދެ ބޯޓު ވައްޓާލުމުގެ އިތުރުން، ވައްޓާލި ބޯޓުތަކުގެ ޕައިލެޓުން ހޯދައި ސަލާމަތް ކުރުމަށް ހަރަކާތްތެރިވި އެމެރިކާގެ އަސްކަރީ ހެލިކޮޕްޓަރަކަށްވެސް އީރާނުން ހަމަލާދިނެވެ. އެހަމަލާގައި، އެ ހެލިކޮޕްޓަރު ނުވެއްޓި ސަލާމަތްވި ނަމަވެސް އެ ހެލިކޮޕްޓަރަށް ގެއްލުންތައް ލިބިފައިވާ ކަމުގައި ރިޕޯޓްތައް ބުނެއެވެ.
އެމެރިކާއިންވެސް ވަނީ، އީރާނުން އެމެރކާގެ އެފް-15 ހަނގުރާމަމަތީ މަތިންދާ ބޯޓެއް ވައްޓާލާފައިވާކަން ކަށަވަރުކޮށްދީފައެވެ. އަދި އޭގެ އިތުރުން ދެން ވައްޓާލި، އޭ-10 މަތިންދާ ބޯޓުން ވައްޓާލާފައި ވަނީ، ޕާރސިއަން ގަލްފުގެ މަތިންނެވެ. އެބޯޓުގެ ޕައިލެޓް ސަލާމަތް ކޮށްފައިވާ ކަމުގައި އެމެރިކާއިން ވަނީ ބުނެފައެވެ.
އީރާނުގެ ސަރަހައްދުގެ ތެރެއަށް ވައްޓާލި، އެފް-15 ހަނގުރާމަމަތީ މަތިންދާ ބޯޓުގެ ޕައިލެޓް އަތުލައިގަތުމަށް އީރާނުންވެސް ދަނީ މަސައްކަތް ކުރަމުންނެވެ. އީރާނުގެ ޤައުމީ ޓީޥީން ބުނެފައިވާ ގޮތުގައި، ވައްޓާލި އެމެރިކާގެ ބޯޓުގެ ޕައިލެޓް ހޯދައިދިން ފަރާތަކަށް ވަނީ އަގުހުރި އިނާމެއްވެސް ހުށައަޅާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް