Post banner
ރާއްޖެ

ސަފީރުގެ މަޤާމަށް ޖަމީލާ ޢައްޔަނުކުރައްވައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ސަފީރުގެ މަޤާމަށް ޖަމީލާ ޢައްޔަނުކުރައްވައިފި

އިނގިރޭސިވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުގެ މަޤާމަށް، ހ.ވައިޓްޑައިމަންޑް، އަލްފާޟިލާ ޖަމީލާ ޢަލީ ޚާލިދު ޢައްޔަނުކުރައްވައިފިއެވެ.

ޖަމީލާ ސަފީރުކަމަށް ޢައްޔަނުކުރުމާއި، މަޤާމުގެ ފަތްކޮޅު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ މިއަދު ހެނދުނު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ޖަމީލާ ޢަލީ ޚާލިދަކީ، ތަޢުލީމީ ދާއިރާގައި ވަރަށް ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން ސަރުކާރުގެ މުހިއްމު މަޤާމުތައްވެސް ފުރުއްވާފައި ވެއެވެ.

މީގެ ކުރިން، ރައީސް ޔާމީނުގެ ވެރިކަމުގައި، ޖަރުމަނު ވިލާތަށް ދިވެހިރާއްޖެއިން ޢައްޔަނުކުރެއްވި ފުރަތަމަ ސަފީރަކީވެސް، ޖަމީލާއެވެ. މީގެ އިތުރުން ސިވިލްސަރވިސް ކޮމިޝަންގެ މެމްބަރުކަމާއި އެކޮމިޝަންގެ ނައިބު ރައީސްކަންވެސް ޖަމީލާ ކުރައްވާފައެވެ.

މީޑިއާގެ ދާއިރާގައިވެސް ޖަމީލާ ދިގު މުއްދަތެއްގައި މަސައްކަތްކުރައްވާފައިވާއިރު، ދައުލަތުގެ ޓީވީ، ޓީވީ މޯލްޑިވްސްގައި ޕްރެޒެންޓަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައި ވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް