ސިޔާސީ ގޮތުން ހަޖޫޖަހައި މިއަހަރުވެސް މަށިމާލި ޕެރޭޑް ބާއްވައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ކުޅުދުއްފުށީ މަށިމާލި ޕެރޭޑްގެ ތެރެއިން --- ފޮޓޯ: ސޯޝަލްމީޑިއާ
ކޮންމެ އަހަރަކުވެސް އީދާއި ގުޅުވައިގެން ބާއްވާ، ކުޅުދުއްފުށީ މަށިމާލި ޕެރޭޑް މިއަދު ކުޅުދުއްފުށީގައި ބާއްވައިފިއެވެ.
ސިޔާސީ ކަންކަމަށާއި، ދެކެވޭ ވާހަކަތަކަށް ހަޖޫޖަހައި، ފްލޯޓްތައް ހަދައިގެން ބާއްވާ، މި މަށިމާލި ޕެރޭޑަކީ، ކޮންމެ އަހަރަކުވެސް ގިނަ ބައެއްގެ ސަމާލުކަން ހުއްޓޭ ޕެރޭޑެކެވެ. މިއަހަރުގެ މަށިމާލި ޕެރޭޑުގައިވެސް ވަނީ، ސަރުކާރަށާއި އެންމެ ބޮޑު އިދިކޮޅުޕާޓީ، އެމްޑީޕީއަށްވެސް ސިޔާސީ ގޮތުން ހަޖޫޖަހައި ފްލޯޓްތައް ނެރެފައެވެ.
މަށިމާލި ޕެރޭޑުގައި ސިޔާސީ ކަންކަމަށް ކޮންމެ އަހަރަކުވެސް ހަޖޫ ޖަހާއިރު، އެފަދަ ކަންކަން ހުއްޓުވުމަށް ސިޓީ ކައުންސިލުންވެސް ބަޔާނެއް ނެރުނެވެ. މީގެ އިތުރުން އިއްޔެ މުޅި ރާއްޖޭގައި އިއްވި ޢީދު ޚުޠުބާގައިވެސް، އީދު ފާހަގަކުރުމުގެ ނަމުގައި މީހުންނަށް ފުރައްސާރަކުރުމާއި މަލާމާތް ނުކުރުމަށް ގޮވާލާފައިވެއެވެ.
ކުޅުދުއްފުށީގެ މަށިމާލި ޕެރޭޑުގައި އޮނުބަޑި ޖަހާފައިވާތީ، އެކަމާއި ގުޅިގެން އެރަށުގެ ބައެއް ރައްޔިތުން ހިތްހަމަ ނުޖެހުން ފާޅުކޮށް ސޯޝަލް މީޑިއާގައި އެވާހަކަތައް ދައްކާފައިވެއެވެ.
ކުޅުދުއްފުށީ މަށިމާލި ޕެރޭޑުގައި ހިމެނޭ އެކި އެކި ފްލޯޓްތަކުގެ ފޮޓޯތަކާއި ވީޑިއޯތައް މިހާރު އަންނަނީ ސޯޝަލް މީޑިއާގައި ދައުރުކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް