އެފްއެސް އިންސްޓިޓިއުޓްއިން އައްޑޫގައި ކޭކު ޑެކަރޭޝަން ކޯސް ހިންގައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ވިިލްޓަން ކޭކު ޑެކަރޭޝަން ކޯސް ތަކުގެ ބައިވެރިން ---
އައްޑޫ ސިޓީ ގައި ހުންނަ އެފްއެސް އިންސްޓިޓިއުޓްގެ ފަރާތުން ކުރިޔަށްގެންދިޔަ ވިިލްޓަން ކޭކު ޑެކަރޭޝަން ކޯސް 2, 3 އަދި އެޑްވާންސް ސެޓްފިކެޓް ފުރިހަމަ ކުރި ބައިވެރިންނަށް ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެއެވެ.
މިރަސްމިއްޔާތުގައި ވިިލްޓަން ކެކް ޑެކަރޭޝަން، އެޑްވާންސް ސެޓްފިކެޓް ހާސިލު ކުރިބައިވެރިންނަށްިންނަށް ސެޓްފިކެޓް ހަވާލުކޮށް ދެއްވީ މިރަސްމިއްޔާތުގެ ޝަރަފްވެރި މެހްމާން އައްޑޫ ސިޓީގެ މޭޔަރ އަލްފާޞިލް ޢަލީ ނިޒާރު އެވެ. ކޯހުގެ ބައިވެރިންނާއި މުހާތަބުކޮށް ވާހަކަދައްކަމުން މޭޔަރ ވިދާޅުވީ މިފަދަ މަސައްކަތްތައް ކުރާ ފަރާތްތަކަށް އައްޑޫ ސިޓީ ކައުންސިލްގެ އެހީތެރިކަމާއި އެއްބާރުލުން ދެއްވުމަށް ކައުންސިލުން މުހިންމު ނިންމުންތަކެއް ނިންމާފައިވާ ކަމުގައެވެ.
ކޯހުގެ ބައިވެރިންނާއި ވާހަކަ ދައްކަމުން އެފްއެސް އިންސްޓިޓިއުޓްގެ ފައުންޑަރ ފާތިމަތު ނިސްރީން ދެއްކެވީ ވާހަކައިގައި ކޯސް ފުރިހަމަ ކުރެއްވި ބައިވެރިންނަށް ހިތްވަރު ދެއްވައި އެކުދީން ކޮށްފައިވާ މަސައްކަތްތަކަށް ތައުރީފު ކުރެއްވި އެވެ. އަލްފާޞިލާ ފާތިމަތު ޝީރީންއަކީ އުފެއްދުންތެރިކަމުގެ ދާއިރާއިން ގައުމީ އިނާމް ހާސިލްކޮށްފައިވާ ބޭފުޅެވެ.
މިރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ސޮސައިޓީ ވިއުގެ ބާނީ އަލްފާޞިލް އިބްރާހިމް ރަޝީދު ވަޖްދީ ވިދާޅުވީ 1999 ވަނަ އަހަރު ، ޝީރީންގެ މޭސްތިރި ކަމުގެ ދަށުންފެށި މިމަސައްކަތް މިހާރު އިންސްޓިޓިއުޓް އަކަށް ބަދަލުވެ، މިހާރު މިއީ އިންޓަނޭޝަނަލް ބްރޭންޑެއް ކަމަށްވާ ވިިލްޓަން ގަބޫލު ކުރާ ފެންވަރުގެ ކޯސްތަކަށް ކަމަށެވެ.
މި ދާއިރާއިން ކުރިއަށްދާން ބޭނުންވާ ކުދީންނަށް މިއީ ވަރަށް ގިނަގުނަ ފުރުޞަތު ބޮޑު ދާއިރާއެއްކަން ފާހަގަކުރައްވާ، މިމަސައްކަތުން ލިބޭ ޢާމްދަނީ އިން އޭނާގެ އަމިއްލަ ޢާއިލާއަށް އެކަށީގެންވާ އާމްދަނީ އެއް ލިބެމުން ދާކަން ފާހާގާ ކުރައްވައި ކޯހުގައި ބައިވެރިވެ ސެޓްފިކެޓް ހާސިލު ކުރި ކުދީންނަށް ހިއްވަރު ދެއްވި އެވެ.
މިރަސްމިއްޔާތުގައި ކޯހުގެ ބައިވެރިންގެ އުފެއްދުންތައް ދައްކާލާފައިވެ އެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް