Post banner
ރަށްރަށުން

ތ. ހިރިލަންދޫއިން މަސްތުވާތަކެއްޗާއެކު ތިން މީހުން ހައްޔަރުކޮށްފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ތ. ހިރިލަންދޫއިން މަސްތުވާތަކެއްޗާއެކު ތިން މީހުން ހައްޔަރުކޮށްފި

ތ. ހިރިލަންދޫ --

މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ތ. ހިރިލަންދޫއިން ތިން ދިވެހިން މިއަދު ހެނދުނު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ އިދާރާއިން ރައްޔިތުންގެ ނޫހަށް ކަށަވަރުކޮށްދިން ގޮތުގައި ތ. ހިރިލަންދޫ ގެއެއްގައި މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މިއަދު ހެނދުނު ހިންގި އޮޕަރޭޝަންގައި ތިންމީހުން ވަނީ ހައްޔަރުކޮށްފައެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 22 އަހަރުގެ އަންހެނަކާއި 31 އަހަރުގެ އަންހެނެއްގެ އިތުރުން 21 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން އިތުރަށް ވިދާޅުވީ މި އޮޕަރޭޝަންގައި، ކޯޓު އަމުރެއްގެ ދަށުން ހިރިލަންދޫ ގެއެއް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާކަމަށެވެ. އަދި މި ތަކެތީގެ ވަގުތީ ބަރުދަނަކީ 17.24 ގްރާމްކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުންގެ އިދާރާއިން އިތުރަށް ވިދާޅުވީ މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް