Post banner
ރާއްޖެ

ބިދޭސީން ދިރިއުޅޭ ތަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ހަތަރު މީހުންނަށް އަނިޔާވެއްޖެ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ބިދޭސީން ދިރިއުޅޭ ތަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ހަތަރު މީހުންނަށް އަނިޔާވެއްޖެ

އަލިފާނުގެ ހާދިސާ ހިނގި، މއ. ދޫގަސް 4 ގެ ބަދިގެ ތެރެ -- ފޮޓޯ: އެމްއެންޑީއެފް

ބިދޭސީން ދިރިއުޅެމުން ދިޔަ، މއ. ދޫގަސް-4 ގައި އަލިފާނުގެ ހާދިސާއެއް ހިނގައި 4 މީހުންނަށް އަނިޔާވެއްޖެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، އަލިފާނުގެ ހާދިސާގައި އަނިޔާވި މީހުންނަށް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށެވެ. އެމީހުންގެ ހާލު ސީރިއަސްކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، މި ހާދިސާގެ މަޢުލޫމާތު މިއަދު ފަތިހު 5:30 ހާއިރު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބުމާ އެކު، މާލޭ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތްކޮށްފައި ކަމަށެވެ. ފަޔަރފައިޓަރުން ކުރި މަސައްކަތުން އަލިފާންގަނޑު ނިއްވާލެވުނީ ހެނދުނު 06:02 ހާއިރުގައި ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

މއ. ދޫގަސް-4 ގައި އަލިފާނުގެ ހާދިސާ ހިނގީ އެގޭގެ ގްރައުންޑް ފްލޯގައި ހުރި ބަދިގޭގައެވެ. އަލިފާނުގެ ހާދިސާ ހިނގީ ގޭސް ލީކުވެގެން ކަމަށް ވަނީ އެނގިފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް