އިޓަލީގެ 4 ޑައިވަރުގެ ހަށިގަނޑު ހޮހަޅައިގެ ތެރެއިން ފެނިއްޖެ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ވ. އަލިމަތާ ކައިރިން ކަނޑުގެ އަޑީގައިވާ ހޮަޅައިގެ ތެރެއަށް ފީނުމުގެ ތެރޭގައި ގެއްލުނު އިޓަލީގެ 4 ޑައިވަރުންގެ ހަށިގަނޑު ހޮހަޅައިގެ ތެރޭގައި ވަނިކޮށް ފެނިއްޖެ ކަމުގައި އެމްއެންޑީއެފުން ހާމަކުރައްވައިފިއެވެ.
ގެއްލުނު ޑައިވަރުން ލޮކޭޓްކޮށްފައި ވަނީ، އެމީހުން ހޯދުމުގެ މަސައްކަތަށް ރާއްޖެއައި ތަޖުރިބާކާރު ޓީމުންނެވެ.
އެމްއެންޑީއެފުން ވިދާޅުވީ، ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު 4 ފަތުރުވެރިން ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑާއި، ފުލުހުންގެ ޚިދުމަތާއި އަދި އިޓަލީ ސަރުކާރުން ހަމަޖެއްސި ބޭރުގެ ތަޖުރިބާކާރު ޑައިވަރުން ގުޅިގެން މިއަދު ހިންގި އޮޕަރޭޝަނުގައި، އެމީހުންގެ ހަށިގަނޑުތައް ވަނީ ލޮކޭޓްކުރެވިފައި ކަމަށެވެ. އަދި ގެއްލުނު 4 ފަތުރުވެރިންގެ ހަށިގަނޑު ފެނިފައިވަނީ އެމީހުން ޑައިވް ކުރި ކޭވް (ހޮހަޅަ) ތެރެއިން ކަމަށާއި، ކުރިއަށް ހުރި ޑައިވްތަކުގައި އެމީހުންގެ ހަށިގަނޑުތައް ކޭވްއިން ނެގުމުގެ މަސައްކަތް ކުރުމަށް ވަނީ ރޭވިފައި ކަމުގައިވެސް އެމްއެންޑީއެފުން ވަނީ ހާމަކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް