ބޭރުގެ އީކޮމާސް ވެބްސައިޓްތަކުން ކުރާ ވިޔަފާރި އެމްއައިބީއިންވެސް ލިމިޓްކޮށްފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
މޯލްޑިވްސް އިސްލާމިކް ބޭންކުން ބުނީ އެ ބޭންކުގެ ރުފިޔާކާޑުތަކަށް ދޫކުރާ 250 ޑޮލަރުގެ ލިމިޓަކީ، ޒަރޫރީ ބޭނުންތަކަށް ދޫކުރަމުން ދިޔަ ލިމިޓެއް ކަމަށެވެ.
މޯލްޑިވްސް އިސްލާމިކް ބޭންކުންވެސް އެކުންފުނީގެ ކަސްޓަމަރުންނަށް ބޭރުގެ އީކޮމާސް ވެބްސައިޓްތަކުން ކުރާ ވިޔަފާރި ކޮންޓްރޯލް ކުރުމަށް ފިޔަވަޅު އަޅައިފިއެވެ.
މޯލްޑިވްސް އިސްލާމިކް ބޭންކުން ބުނީ އެ ބޭންކުގެ ރުފިޔާކާޑުތަކަށް ދޫކުރާ 250 ޑޮލަރުގެ ލިމިޓަކީ، ޒަރޫރީ ބޭނުންތަކަށް ދޫކުރަމުން ދިޔަ ލިމިޓެއް ކަމަށެވެ. އެހެންވެ ބައެއް ވިޔަފާރި ސައިޓްތަކަށް އެލިމިޓް ބޭނުން ނުކުރެވޭ ގޮތް ހެދުމަށް ނިންމާފައިވާ ކަމުގައި އެމްއައިބީން ވަނީ ބުނެފައެވެ.
އަދި މިނިންމުމާއި އެކު އީ-ކޮމާސް ސައިޓްތަކުން ކުރެވޭނީ ގިނަވެގެން 10 ޓްރާންސް ސެކްޝަން ކަމަށްވެސް އެމްއައިބީން ވަނީ ބުނެފައެވެ. އެމްއައިބީން ބުނީ މިބަދަލު ގެނައި ނަމަވެސް ބައެއް ވިޔަފާރި ސައިޓްތައް ފިޔަވައި ކަސްޓަމަރުންގެ އާއްމު ބޭނުންތަކަށް ބޭނުންކުރާ ސަބްސްކްރިޕްޝަން ސައިޓުތަކާއި، ރާއްޖޭން ބޭރުގައި ހުންނަ ޕީއޯއެސް މެޝިންތަކުން ކުރާ ވިޔަފާރިތަކާއި، ޞިއްޙީ ޚިދުމަތް ހޯދުމަށް އަދި ޗުއްޓީ ހޭދަކުރުމަށް ހިނގާ އެކިއެކު ޚަރަދުތަކަށް 250 ޑޮލަރުގެ ލިމިޓްގެ ތެރެއިން ބޭނުން ކުރެވޭނެވާހަކަ ދަންނަވާ ކަމަށެވެ.
އެމްއައިބީން ބުނީ މިނިންމުން ނިންމި ސަބަބަކީ، މިލިމިޓް ކަސްޓަމަރުންގެ އެންމެ ޒަރޫރީ ބޭނުންތަކަށް ބޭނުން ކުރުމަށް ވީހާވެސް ގިނަ ކަސްޓަމަރުންނަށް ފުރުޞަތު ދިނުމަށް ކަމަށެވެ.
އަދި މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް ނިހާޔަތަށް މަޢާފަށް އެދޭ ކަމުގައިވެސް އެމްއައިބީން ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް